އެޑްވަޓޯރިއަލް: ނޫނު އިމްޕޯޓްސްގައި ސިއްހަތަށް ފައިދާހުރި 'ކުރުނބާ ޖެލީ' އުފެއްދުންތައް

ރުކުން ލިބޭ ބާވަތްތަކުގެ ތެރެއިން ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެކައްޗަކީ ކުރުނބާ ކަމަށްވާއިރު، ކުރުނބާ ފެނުގެ ރަހަ އެކުލެވޭ ޖެލީ ވެސް ދިވެހީންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ. އެހެންކަމުން، ކުރުނބާ ޖެލީ ސިއްހަތަށް ފައިދާހުރި ގޮތަކަށް ރާއްޖެއަށް ފޯރުކޮށްދިނުމަށް ޓަކައި ނޫނު އިމްޕޯޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ އިންޑޮނޭޝިއާގެ ބްރޭންޑެއް ކަމަށްވާ ''އިނާކޯ'' ތައާރަފުކޮށްފައެވެ. ނުވަދިހައިގެ އަހަރުން ފެށިގެން އިންޑޮނޭޝިއާގައި މަޝްހޫރުކަން ދަމަހައްޓަމުން އަންނަ އިނާކޯ ބްރޭންޑަކީ، އެ ބްރޭންޑުގެ އުފެއްދުންތަކުގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މާއްދާތަކާއި ކޮލިޓީގެ ސަބަބުން ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ބްރޭންޑެކެވެ. އިނާކޯއިން އުފައްދާ ކާބޯތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި އެހެނިހެން މޭވާ ހިމެނޭ ބުއިންތަކާއި ޖެލީއާއި ޕުޑިން ވެސް ހިމެނެއެވެ. އިނާކޯގެ ކުރުނބާ ޖެލީ ނުވަތަ ނަޓާ ޑި ކޮކޯގައި ވަރަށް ޚާއްސަ ކަންތައްތަކެއް ފާހަގަކުރެވެއެވެ. އެގޮތުން، މި ޖެލީ އުފައްދަނީ ކުރުނބާ ފެނާއި ކާށި ކިރު ހިމަނައިގެން ކަމުން، އޭގެ ތާޒާކަމާއި ޓެކްސްޗާ ހިފަހައްޓައިދެއެވެ. އަދި ހަށިގަނޑަށް ފައިދާ ކުރުވާ ބެކްޓީރިއާ ބޭނުންކޮށްގެން ކާށި ކިރު ފާމެންޓް ކުރުމުން، ތަފާތު ކެމިކަލްތައް ބޭނުންނުކޮށް، ކޮލެސްޓްރޯލް ނުހިމެނޭ، ގުދުރަތީ ފައިބާ ހިމެނޭ ޖެލީއެއް އުފެއްދޭކަން އިނާކޯ ބްރޭންޑުން ފާހަގަކުރެއެވެ. އިނާކޯ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކަމާއި މަގުބޫލުކަމުގެ އެއް ހެއްކަކީ، އިންޑޮނޭޝިއާގެ އިތުރުން އެހެން ގިނަ ގައުމުތަކެއްގައި އެ ބްރޭންޑު ފުޅާވެފައިވުމެވެ. އެގޮތުން އިނާކޯގެ ލޭބަލް ޖެހި ކާބޯތަކެތި އޮސްޓްރޭލިއާ، ކެނެޑާ، ސިންގަޕޫރު، އެމެރިކާ އަދި އެހެން ގައުމުތަކުން ވެސް ލިބެން ހުރެއެވެ. އިނާކޯގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އަދި މި ބްރޭންޑުގެ ހަމައެކަނި ޑިސްޓްރިބިއުޓަރަކީ ވެސް ނޫނު އިމްޕޯޓްސް ޕްރައިވެޓް ލިމިޓެޑެވެ. ރާއްޖެއިން މިހާރު ލިބެން ހުރި އިނާކޯ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި: އިނާކޯ ނާޓާ ޑި ކޮކޯ ޕައުޗް - ވެނީލާ، ކޮކޯ ޕަންޑަން މިއީ ސިއްހަތަށް ފައިދާހުރި، ކޮންމެ ވަގުތެއްގައި ވެސް ބޭނުންކުރެވޭނެ ލުއިކާނާއެކެވެ. މި ޖެލީގެ ޚާއްސަ އެއް ކަމަކީ، ފައިބާ އިތުރުވެފައި، ކެލޮރީ މަދުވުމެވެ. އެހެންކަމުން، ފްރުޓް ސެލެޑާއި ޕުޑިންއާއި ކަސްޓަޑާއި އެކި ބުއިންތަކާއި، ޒުވާނުންގެ މެދުގައި މިހާރު މަގުބޫލުވެފައިވާ ހުވާޗޭ ތައްޔާރުކުރަން ވެސް މި ޖެލީ ބޭނުންކުރެވޭނެއެވެ. މީގެ ކޮންމެ ޕައުޗެއްގައި 360 ގުރާމް ހުންނައިރު، ކާޓަންއެއްގައި 24 ޕެކް ހިމެނޭނެއެވެ. އިނާކޯ ޖެލީ ޑްރިންކް - އަނބު، ސްޓްރޯބެރީ، ބްލެކްކަރެންޓް މިއީ އެންމެންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ބުއިމެކެވެ. ތަފާތު މޭވާތަކުގެ ރަހައާއެކު، ކުރުނބާ ޖެލީގެ އެތިކޮޅުތައް މި ބުއިމުގައި ހިމެނޭނެއެވެ. އަދި ފަސޭހަކަމާއެކު ކުޑަކުދިންނަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޖެލީ ޑްރިންކް، ސްކޫލަށާއި މޫދަށް ދިޔުން ފަދަ ހަރަކާތްތަކަށް ވެސް ގެންދެވޭނެއެވެ. އިނާކޯ ޖެލީ ޑްރިންކްގެ ކާޓަންއެއްގައި 50 ޕެކެޓް ހިމެނެއެވެ. ކޮންމެ ޑްރިންކެއްގައި 120 މިލިލީޓަރު ހުރެއެވެ. އިނާކޯ މިނީ ޖެލީ މިކްސް ޕާޓީ ފަދަ ހަފުލާތަކުގައި ގިނަ ބަޔަކު އެއްތަންވާއިރު ނުވަތަ އަމިއްލައަށް ވެސް ކެއުމަށް ކަމުދާނެ އިނާކޯ މިނީ ޖެލީ މިކްސްގައި ތަފާތު މޭވާތައް ކޮށައިފައި އަޅައިފައި ހުރެއެވެ. އޭގެ ތެރޭގައި ލައިޗީ، އަލަނާސި، އަނބު، އޮރެންޖް، ސްޓްރޯބެރީ، ގްރޭޕް އަދި މެލަން ހިމެނެއެވެ. މި ޖެލީ މިކްސްގެ ކޮންމެ ކާޓަންއެއްގައި 100 ކަޕް ހިމެނޭއިރު، މިއީ ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނުވަތަ ވަކިވަކިން ވިއްކަން ވެސް ރަނގަޅު އުފެއްދުމެކެވެ. ނޫނު އިމްޕޯޓްސްއިން އިތުރަށް ލިބެން ހުންނަ ތަކެތީގެ ތެރޭގައި އިންޑޮނޭޝިއާގައި އެންމެ މަޝްހޫރު، ޕެކޭޖްކޮށްފައި ހުންނަ ކުރުނބާ ފެން ބްރޭންޑް ކަމަށްވާ 'ހައިޑްރޯ ކޮކޯ ކޮކޮނަޓް ވޯޓާ' ހިމެނެއެވެ. މިއީ އެއްވެސް އާޓިފިޝަލް ކުލައެއް ނުވަތަ ހަކުރެއް ނުހިމަނައި، ގުދުރަތީ ފައިދާތައް ލިބިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ބުއިމެކެވެ. މީގެ އިތުރުން، އާފަލާއި ބްލެކްކަރަންޓުގެ ރަހަތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ސޮސްރޯ ފްރުޓް ޓީ ވެސް، ނޫނު އިމްޕޯޓްސްއިން ލިބެން ހުންނާނެއެވެ. އަދި ވަރަށް ގިނަ ދިވެހީން ދަންނާނެ ޗޫބާ ކަސާވާ ޗިޕްސް އަގު ހެޔޮކޮށް ނޫނު އިމްޕޯޓްސްއިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކުޅި، ފޮނި ރަހައެއް ގެނެސްދޭ ބަލާޑޯ ފްލޭވާއާއި ބާބެކިއު ފްލޭވާ ހިމެނެއެވެ. ނޫނު އިމްޕޯސްޓްއިން ހުންނަނީ ޝަހީދު އަލީ ހިނގުމުގެ މ. ތަންތަރައިގައެވެ. މި އުފެއްދުންތައް ހޯލްސޭލްކޮށް އެތަނުން ލިބެނޭއެވެ. އެގޮތުން، 9300088އަށް ގުޅައިގެން ނުވަތަ ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭއިރު، ކުންފުނީގެ ވައިބާ ކޮމިއުނިޓީއާ ގުޅުމުން ތަފާތު އޮފާތަކުގެ މައުލޫމާތު ވެސް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ