ރައީސަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް
ރައީސަށް މަރުގެ އިންޒާރުދިނުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ތ. ތިމަތަފުއްޓަށް އުފަން، މަލަސް، މަސީހް މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ މިއަދެވެ.ރައީސް މުއިއްޒަށް މަސީހް މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.އެ ޚަބަރު ޝެއާކޮށް މަސީހު ވަނީ، އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުއިއްޒު ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ