ފަތިސްނަމާދަށް އިހްމާލްވެވެމުން މިދަނީ ރިޒުޤަށް އެދި ދަންނަވަން ލަދުވެތިވާންޖެހޭނެ މިންވަރަށް!

މިސްކިތްތަކުގައި ފަތިސްނަމާދުކުރާ މީހުންގެ ޢަދަދު އެހައިމަދެވެ. ގޭގައި ފަތިސްނަމާދުކުރާ އަންހެނުންގެ ޢަދަދުވެސް އެހައި މަދެވެ. އެކަމަކުވެސް ކޮންމެ ދުވަހަކު ތިމާއަށް ރިޒުޤް އިތުރުކޮށްދެއްވެވުމަށާއި އަދި އެހެންވެސް ބޭނުންތަކުގައި ﷲ ތަޢާލާގެ ޙަޟްރަތަށް އެބަ ދުޢާކުރަމުއެވެ. އަހުރެންގެ ސުވާލަކީ އެމީހުންގެ ކިބައިގައި ލަދުވެތިކަންވެސް ނެތީހެއްޔެވެ؟
އަޅުގަނޑުމެންގެ ތެރޭގައި ނަމާދުކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. އިން ޝާ ﷲ. ނަމަވެސް ފަތިސްނަމާދަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި ވަރަށް ގިނަ ބައަކަށް އޮންނަނީ އިހްމާލުވެފައެވެ. ޚާއްޞަކޮށް ފިރިހެނުން ފަތިސްނަމާދުގެ ޖަމާޢަތަށް ދިއުމުގައެވެ.
ފަތިސްނަމާދުކުރުމަށް، ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތަށް ދިއުމާއި ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމުގައި މިހާރަށް ބަލައިފިނަމަ ދުނިޔޭގައިވެސް އެންމެ ކުރީގައި އޮތް ކަމަށް ބެލެވޭ އަވަށުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވާ މުފްތީ މެންކުގެ މި ޚާއްޞަ ވާހަކަކޮޅުގެ ހަނދާން އައުކޮށްލާނަމެވެ.
އަހަރެމެންނަށް ﷲ ތަޢާލާ ތަނަވަސްކަމާއި ނިޢްމަތްތައް ދެއްވެވުމުން މިއުޅެނީ ކޮންމެ 100 އަކުން އެކަކަށްވެސް ފަތިސްނަމާދުނުކުރެވިގެންނެވެ. އަހަރެމެންގެ ޙާލު މިފަދައިން ހުރިއިރު މިކިޔައިދެނީ އަހަރެންގެ ލޮލުން ދެކެ އަތުން ހިފާފައިވާ ކަމެއްގެ ވާހަކައެވެ.
އަހަރެން ނައިޖީރިއާއަށް ކުރި ދަތުރެއްގައި ވަރަށް ފަޤީރު އަވަށަކަށް ދެވުނެވެ. އެއަވަށުގައި ފަތިސް ނަމާދުކުރާ މީހުންގެ އަދަދު ފެނިފައި ގިނަ ކަމުން ސިއްސައިގެން ގޮސް ކަޅިހުއްޓުނެވެ. އެއީ އެއަވަށުގެ އެންމެންހެން ފަތިސް ނަމާދުކުރާތީއެވެ!
އަހަރެން ހިތަށް އެރިއެވެ. "މާތް ﷲ މިހައި ނިކަމެތި ފަޤީރުންގެ ގޮތުގައި ލެއްވެވުމުންވެސް އެމީހުން ނަމާދުކުރުމަށް ދޭ ސަމާލުކަން ނިކަން ދެކިބަލާށެވެ. ފަތިސް ނަމާދަށް އެހޭލަނީ އަވަށުގެ އެންމެން އެކުގައި ހެންނެވެ. "އަހަރެމެންނަށް" ތަނަވަސްކަމާއި މިހައި ގިނަ ނިޢްމަތްތައް ދެއްވެވުމުން ވެސް އަހަރެމެން މިތިބެނީ ފަތިސް ނަމާދު ނުކޮށް ނިދާށެވެ.
އެމީހުން ގާތު ކަލޭމެން އެންމެންވެސް ހުރިހާ ނަމާދެއް ކުރަމުތޯ ސުވާލުކރުމުން އެ ސުވާލު އަނބުރައި ކުރީ އަހަރެންނާއިއެވެ. "ނަމާދު ނުކުރާ މުސްލިމުންވެސް އުޅޭ ހެއްޔެވެ؟" ނިކަން ވިސްނައިބަލާށެވެ. ނަމާދު ނުކުރާ މުސްލިމުން އުޅޭކަން އެމީހުންނަށް ނުވެސް އެނގެނީއެވެ.
ދުނިޔަވީ ނިޢްމަތްތައް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިންވަރެއްގެތެރެއިން ދެއްވެވި މިންވަރަކަށް ލިބިގަތުމަކީ ކުށެއް ނޫނެވެ. ލިބިގަންނާށެވެ. ނަމަވެސް އެ ނިޢްމަތްތަކަކީ ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދުގައި (ކުރަންޖެހޭ އަޅުކަން ކުރުމާއި ދެމެދު) އޮތް ހުރަހަކަށް ހަދައިގެން ނުވާނެއެވެ.
އަހަރެމެން ވާދަ މިކުރަނީ ދުނިޔަވީ ކަންކަމުގައެވެ. އެމީހުން ވާދަ އެކުރަނީ އަޅުކަން ކުރުމުގައެވެ. ހަޤީޤަތަކީ އަޅުކަން ކުރުމުގައި ވާދަކުރަން ޖެހޭނެ ކަމެވެ. ވީއިރު ހުރިހާ ނިޢްމަތްތަކެއް ލިބިގެން ތިބި "އަހަރެމެން" އެންމެން އެ ފަޤީރު އަވަށުގެ މީހުންގެ ކިބައިން ޢިބްރަތް ޙާޞިލުކުރަން ނުޖެހޭ ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ