އޮލިމްޕިކް މެޑަލިސްޓް ލޯރާ ޕާކިސްތާނުގެ ފަރުބަދައެއް މަތިން ވެއްޓި މަރުވެއްޖެ އޮލިމްޕިކް މެޑަލިސްޓް ލޯރާ ޕާކިސްތާނުގެ ފަރުބަދައެއް މަތިން ވެއްޓި މަރުވެއްޖެ

ލާހޯރު، ޕާކިސްތާން (ޖުލައި 31) - ޖަރުމަނުގެ މަޝްހޫރު ބިއަތުލޯން (ސްކީން އިވެންޓް) އެތުލީޓު، ލޯރާ ދާލްމައިއާ، ޕާކިސްތާނުގެ ފަރުބަދައެއް މަތިން ވެއްޓި މަރުވެއްޖެ އެވެ.
ކޮރެއާގެ ޕިޔޮންޗޭންގްގައި 2018 ވަަނަ އަހަރު ބޭއްވި ވިންޓަ އޮލިމްޕިކްސްގައި، ތިން މެޑަލް ހޯދި، މިހާރު އުމުރުން 31 އަހަރުގެ ލޯރާ މަރުވީ، ޕާކިސްތާނުގެ ކަރަކޯރާމް މައުންޓަން (ފަރުބަދަ) އަށް އަރަން އުޅުމުގެ ތެރޭގަ އެވެ. އަދި، އޭނާ އާއި އެކުވެރިޔާ، މަރީނާ އީވާ، ފަރުބަދަ އަށް އަރަނިކޮށް، ހިލައެއް ވެއްޓުމުގެ ހާދިސާފައި، ލޯރާ ވެއްޓުނީ އެވެ.
ފަސްހާސް ހަތްސަތޭކަ މީޓަރު މަތީގައި ހިނގި މި ހާދިސާ އަށް ފަހު، މަރީނާ ވަނީ ވަގުތުން، އިމަޖެންސީ އެހީތެރިކަމަށް އެދިފަ އެވެ. ޖަރުމަނާއި އެމެރިކާ އިން މި ކަމުގެ އިމަޖެންސީ ތަޖުރިބާހުރި ޓީމަކުން، ލޯރާ ވެއްޓުނު ސަރަހައްދުގައި، އޭނާ ހޯދުމުގެ މަސައްކަތް ފެށި އެވެ.
އެކަމަކު، މޫސުން ގޯސްވެ، އެ އޮޕަރޭޝަން އެންމެ ރަނގަޅަށް ކުރިއަށްނުގެންދެވުމުން، ލޯރާގެ މެނޭޖްމަންޓުން ޓީމުން ކަނޑައަޅާފައިވަނީ، ލޯރާ ވެއްޓުނު ދުވަސް، ކަމަށްވާ މި މަހުގެ 28 އަކީ، މަރުވި ދުވަސް ކަމަށް ކަނޑައެޅުމަށެވެ.
އޮލިމްޕިކްސްގެ ބިއަތުލޯން އިވެންޓެއްގެ ތެރެއިން ލޯރާ
ޖަރުމަނުގެ އޮލިމްޕިކް ކޮމިޓީން ބުނެފައިވަނީ، ލޯރާ އަކީ ހަމައެކަނި އޮލިމްޕިކް ޗެމްޕިއަނެއް ނޫން ކަމަށާއި އެ ގައުމުގެ އެހެން އެތުލީޓުންނަށް ނަމޫނާ ދައްކަމުން އައި، ފަހުރުވެރި ކުޅިވަރުގެ ރަމްޒެއް ކަމަށެވެ. އަދި، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް، ކާސްޓީ ކަވެންޓްރީ ވިދާޅުވީ، މިއީ އޮލިމްޕިކް މޫވްމަންޓަށް ލިބިގެންދިޔަ ޝޮކެއް ކަމަށެވެ.
މީގެ ކުރިން ވެސް ދުނިޔޭގެ އެކި ފަރުބަދަތަކަށް އަރާފައިވާ، ލޯރާ ވަނީ، 2018 ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސްގެ ބިއަތުލޯން އިވެންޓުގައި، ދެ ރަން މެޑަލާއި އެއް ލޯ މެޑަލް ހޯދައިފަ އެވެ. ފަސް ވޯލްޑް ޗެމްޕިއަންޝިޕްގައި، 15 މެޑަލް (ހަތް ގޯލްޑް މެޑަލް ހިމެނޭ ގޮތަށް) ހޯދި ލޯރާ، ރިޓަޔާކުރީ، 2019 ވަނަ އަހަރުގެ މެއި މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ