ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް ފުރާވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ރޭ ދަންވަރު ބުނެފަ އެވެ. ނަމަވެސް، މި ދަތުރުފުޅާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެ އޮފީހަކުން ހާމައެއް ނުކުރެ އެވެ.
އެނގުން މުހިންމު - ރައީސް ވަނީ މި މަހުގެ ކުރީކޮޅު ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އޭގެ ކުރިން، މިދިޔަ އަހަރުގެ މޭ އަދި އޮގަސްޓުގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ފަހަރު ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ