ޕީޕީއެމްގެ ވަފްދް އިނގިރޭސި ވިލާތުގެ ހައުސި އޮފް ކޮމެންސްގެ މެމްބަރު އިއަން ޕެއިސްލީ އާއި ބައްދަލު ކުރައްވައިފި
ޕީޕީއެމްގެ ފަރާތުން ކޮންސެވޭޓިވް ޕާޓީގެ ހާއްސަ ދައުވަތަކައް ވަޑައިގެންނެވި ވަފްދްގެ ބޭފުޅުން އިގިރޭސިވިލާތުގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީގެ ނޯތް އެންޓްރިމްގެ މެމްބަރު އިއަން ޕެއިސްލީ އާއި ބައްދަލު ކުރައްވައިފިއެވެ. ކޮންސެވޭޓިވް ޕާޓީގެ ދައުވަތަކައް މިހާރު އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނަވާ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، ޕީޕީއެމްގެ ވަފްދް އިގިރޭސިވިލާތުގެ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީގެ ނޯތް އެންޓްރިމްގެ މެމްބަރު އިއަން ޕެއިސްލީ އާއި ބައްދަލު ކުރައްވައިފި ކަމަށެވެ. މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ކޮންސެވޭޓިވް ޕާޓީގެ އަހަރި ޖަލްސާއަށް ފަހު އެ ޕާޓީގެ އިސްވެރިންނާއި ޕުރޮގްރެސިވް ޕާޓީގެ ފަރާތުން ވަޑައިގެންނެވި ވަފްދް ބައްދަލްކޮށްފައިވާކަމަށެވެ. އެގޮތުން މި ބައްދަލުވުންތަކުގައި އެ ފަރާތްތައް ރައީސް ޔާމީން މި ޤައުމަށް ގެންނަ ތަރައްޤީ ފާހަގަކޮށް އެކަމައް ތައުރީފް ކުރައްވާފައިވާކަމަށެވެ. މީގެކުރިން ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން މި ވަފްދްގައި ހިމެނޭ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ކޮންޒަވޭޓިވް ޕާޓީއާއި ޕީޕީއެމްއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޕާޓީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ކޮންޒަވޭޓިވް ޕާޓީން އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ އަހަރީ ޖަލްސާ ކުރިއަށް ދާނީ އަންނަ ބުދަދުވަހުގެ ނިޔަލަށެވެ.މެންޗެސްޓާގައި މިހާރު ކުރިއަށްދާ ކޮންޒަވޭޓިވް ޕާޓީގެ 2017 ވަނަ އަހަރުގެ އަހަރީ ޖަލްސާގައި ޕީޕީއެމްގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުގެ އިތުރުން ޕީޕީއެމްގެ ސެކްޓްރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ