މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ހުޅުމާލޭ ފެރީ ދަތުރުތަކަށް ބުރޫއަރައިފި

މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ހުޅުމާލޭ ފެރީ ދަތުރުތަކަށް ބުރޫއަރައިފި އެވެ. ހުޅުމާލޭ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް އޮޕަރޭޓް ކުރަމުން އަންނަ އެމްޓީސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކަނޑުގަދަވުމާއި ގުޅިގެން ދަތުރު ކުރެވެން ނެތިގެން މިއަދު 1:40 އިން 2:00 އަށް ފެރީގެ ދަތުރުތައް މެދު ކަނޑާލި ކަމަށެވެ. ނަމަވެސް މިހާރު މަޑުމަޑުން ދަތުރުކުރެވޭ ފެރީތައް ދަތުރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޓީސީސީ އިން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ފެރީ ދަތުރުތައް ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ. "މާލެ ސަރަހައްދު ގަދަވެގެން އޮޕަރޭޝަންތައް ލަސްވަމުން މިދަނީ. ހުޅުމާލެއަށް ކައިރި ކުރާއިރު ބަނދަރެއް ނެތީމަ އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނޯވެ. ވިލިނގިލީގެ ފެރީތަކުގެ އެއްވެސް މައްސަލައެއް ދިމާނުވޭ،" އެމްޓީސީސީގެ އޮފިޝަލު ވިދާޅުވި އެވެ. މެޓު އޮފީހުން ބުނީ މިއަދު މާލެއަށް އައި ވިލާގަނޑުގައި 53 މޭލަށް ވައިގަދަވި ކަމަށެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ. މޫސުން ގޯސްވެ ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ސަމާލުވެގެން ދަތުރު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ