އަޅުގަނޑަކީ ޓެރަރިސްޓެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ - ނަޝީދު

އެއްވެސް ދިވެހި ރައްޔިތަކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ޓެރަރިސްޓެއް ކަމުގައި ދިވެހި އެއްވެސް ރައްޔިތަކު ޤަބޫލު ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ ޝަރީއަތުގައި ދައުވާއާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބުނު ކާމިޔާބީއާއި ތާއީދަށް އެކަނި ބަލައިލުމުންވެސް އެކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ.
"އަޅުގަނޑަކީ ޓެރަރިސްޓެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ"، ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރޭ ބޭއްވި އަޑުއެހުމުގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުން ކުރާ ދައުވާއަކީ ސިޔާސީ މަންފާއެއް ހޯދުމަށް ސިޔާސީ ފަރާތްތަކާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދިނުމަށް ނުވަތަ ހައްޔަރުކުރުމަށް އެއްވެސް އަމުރެއް ކޮށްފައިނުވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ޝަރީއަތަށް ހާޒިރު ނުވެދާނެ ކަމުގެ ބިރަށްޓަކައި މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި މިދިޔަ ހޯމަ ދުވަހު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަ ހާޒިރުކުރެއްވުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ޝަރީޢަތް ނިމެންދެން ރައީސް ނަޝީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާއިރު، އެމަނިކުފަނުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ