މިއަދު ހަވީރު 6 ގެ ފަހުން ކެމްޕޭން ކުރުން މަނާ

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާއި ގުޅިގެން މިއަދު ހަވީރު 6 ގެ ފަހުން އެއްވެސް ފަރާތަކުން ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ނުކުރަން އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް މިއަދު ހަވީރު 6 ޖެހުމާއެކު ހުއްޓާލަން އެދޭ ކަމަށާއި 6 ގެ ފަހުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދަން ކަމަށްވިޔަސް، ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު އިތުރުވިޔަ ނުދިނުމަށް ކަމަށްވެސް އިންތިޚާބަށް ނުފޫޒު ފޯރާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށެވެ.
އިލެކްޝަން ކޮމިޝަނުން މިގޮތަށް އިލްތިމާސް ކުރިއިރު އިންތިޚާބާބެހޭ ގާނޫނުގައިވެސް އެކަންކަމަކީ މަނާ ކޮށްފައިވާ ކަންކަމެވެ. އިންތިޚާބާބެހޭ ގާނޫނުގައި ބުނެފައި ވަނީ ވޯޓުލުން އޮންނަ ދުވަހުގެ ކުރީ ދުވަހު ހަވީރު 6 ން ފެށިގެން ކެމްޕޭންގެ ހުރިހާ ހަރަކާތެއް ހުއްޓާލަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ