އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކަވަރުކޮށް މޮނިޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ ގިނަ އަދަދެއްގެ ބޭރުގެ ނޫސްވެރިންނާއި އޮބްޒާވަރުންނަށް ވިސާ ނުދެވިގެން އުޅެނީ ސްޕޮންސަރުން ފައިސަ ނުދައްކައިގެންކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފިއެވެ.
އިމިގްރޭޝަނުންބުނީ އެ ފަރާތްތަކަށް ބިޒްނަސް ވިސާ ދޭނެކަން ސްޕޮންސަރުންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެފަރާތްތަކަށް ވިސާ ދޫނުކުރެވި އޮތީ ސްޕޮންސަރުން ފައިސާ ނުދައްކާތީ ކަމުގައެވެ.
ބިޒްނަސް ވިސާ ދޫކުރެވޭނީ ދައްކަން ޖެހޭ ފީ ދެއްކުމުން ކަމަށާއި އިންތިޚާބު ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދުނު ފަރާތްތަކުގެ ސްޕޮންސަރުން ފައިސާ ދައްކަން އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނަށް ދިއުމަށާއ ބަންދު ދުވަސްތަކުގައި ވެސް ފައިސާ ދެއްކޭނެކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ވެއެވެ.
އިންޑިއާގެ ބައެއް ނޫސްވެރިން ބުނީ އެމީހުންގެ ނަން އިލެކްޝަންގެ ލިސްޓްގައި އޮތް ނަމަވެސް އިންތިހާބު ކަވަރުކުރުމާއި އޮބްޒާވް ކުރުމަށް ރާއްޖެ އައުމަށް ވިސާ ދީފައި ނުވާ ކަމުގައެވެ.Maldives election commission lists my name along with @amitabhprevi, @DipanjanET, @sidhant, @Meerasrini & Indian journos as intl monitors, but fails to mention that none of us got visas.There will basically be no Indian media to cover Maldives elections. https://t.co/L7rxSozJS2 pic.twitter.com/34ck2pztoX— Devirupa Mitra (@DevirupaM) September 20, 2018މީގެ އިތުރުން ރާއްޖޭގެ ރިޔާސީ އިންތިހާބު ކަވަރުކުރުމަށް އިންޑިއާގެ ނޫސްވެރިންނަށް ވިސާ ދީފައި ނުވާކަމަށާއި އެހެންކަމުން އަންނަ އާދީއްތަ ދުވަހު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިހާބު ކަވަރުކޮށް މޮނިޓަރ ކުރުމަށް އިންޑިއާގެ ނޫސްވެރިންނަށް ފުރުސަތު ލިބުން ދުރުކަމަށް އިންޑިއާގެ ބައެއް ނޫސްވެރިން ބުނެފައިވެއެވެ.
މީގެ އިތުރުން ދަ އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް އިންވެސް ބުނެފައިވަނީ އެ ޖަމާއަތުގެ އޮބްޒާވަރުންނަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިން ނަމަވެސް އެޖަމާއަތުގެ އެއްވެސް އޮބްޒާވަރަކަށް ރާއްޖެއިން ވިސާ ނުދިން ކަމުގައެވެ.We can confirm that at this time, none of ANFREL's observers have received the necessary visa to be present in the Maldives for the September 23 presidential election, despite the Maldivian Elections Commission formally listing us as international... https://t.co/JpQb5FHM6F— ANFREL (@Anfrel) September 20, 2018އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކަވަރުކޮށް މޮނިޓަރ ކުރުމަށް ހުއްދަދިން ބޭރުގެ ބައެއް ފަރާތްތައް މިހާރުވަނީ ރާއްޖެ އައިސްފައެވެ. އަދި އެފަރާތްތަކާއި އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ބައްދަލުވެސް ކޮށްފައެވެ.
ބޭރުގެ ނޫސްވެރިނާއި މޮނިޓަރުންނަށް ވިސާ ނުލިބެނީ ފައިސާ ނުދައްކާތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ