އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ހދ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ހުދު ވައިޓް އެލާޓްގައި ބުނެފައި ވަނީ، ހދ އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.
މެޓް އޮފީހުގެ މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 11:00 އަށެވެ.
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ