އެއްޖިންސުން ކައިވެނި ކުރަން ޑރ.ޝަހީދު ތާއިދު ކޮށްފި

ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާއި ބެހޭ މަންދޫބު ޑރ.އަހްމަދު ޝަހީދު ތާއިދުކޮށްފިއެވެ.
އެއްޖިންސުން ކައިވެނި ކުރުމަށް ޝަހީދު ތާއިދު ކޮށްފައި ވަނީ ޖަރުމަންވިލާތުގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރުމަށް އިއްޔެ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޚަބަރެއް ރީޓްވީޓް ކުރަމުންނެވެ. މީގެ އިތުރުން ޝަހީދު ރީޓްވީޓް ކޮށްފައިވާ އިތުރު ޓްވީޓެއްގައި ބުނެފައި ވަނީ "އަހަރެމެން ގަބޫލު ކުރަނީ ލޯބި. ނަފްރަތެއް ނޫން. ތަފާތު ގޮތްގޮތައް ލޯބި އަންނާނެ" ކަމަށެވެ.
ޑރ.ޝަހީދު ވަނީ މީގެ ކުރިން ވެސް އެއްޖިންސުން ކައިވެނި ކުރުމަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައެވެ.
މީގެ އިތުރުން ޝަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ޤާނޫނު އަސާސީގައި ލިޔެފައިވާ މާއްދާ މިހާރު އޮތް ގޮތައް ލިޔެފައި ވަނީ ވާދަވެރިން ޖަލަށް ލާން ވެގެންތޯ ވެސް މިއަދު ސުވާލު ކޮށްފައެވެ. އެސުވާލު ކޮށްފައި ވަނީ ޤާނޫނީ ވަކީލް ހުސްނުއްސުޢޫދު އާއި މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަދި މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ޓެގް ކުރުމަށް ފަހުއެވެ. އެބޭފުޅުންނަކީ ޤާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން ހިމެނެއެވެ.
އިސްލާމް ދީނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގަން ތާއިދުކޮށް މުސްލިމަކަށް ވާހަކައެއް ނުދެއްކޭނެއެވެ. އެފަދަ ވާހަކައެއް ދައްކައިފިނަމަ އެމީހަކު ތައުބާވާން ޖެހޭނެ ކަމަށް އިސްލާމީ އިލްމުވެރިން އިއްތިފާގުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ