ކަރަންޓުގެ ހާލަތު ވަނީ ދަށަށް ގޮސްފައި: އެމްޑީޕީ

މާލޭގެ ކަރަންޓުގެ ހާލަތު މިހާރު ވަނީ "އެތައް އަހަރެއް ކުރިން އޮތް މިންވަރަށް ދަށަށް ގޮސްފައި" ކަމަށް ބުނެ އެމްޑީޕީން މިއަދު ސަރުކާރަށް ފާޑުކިޔައިފި އެވެ.
މާލެއިން އަވަސް އަވަހަށް ކަރަންޓް ކެނޑެމުންދާތީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުރިން އެންގުމެއް ނެތި ކަރަންޓް ކަނޑާލަމުންދާތީ އާއްމުންގެ ތަކެއްޗަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"ބާޣީ ސަރުކާރުން ކޮންމެ ދުވަހަކު އެކި ފަހަރުމަތިން މާލޭގެ އެތަން މިތަނުން ކަރަންޓް ކަނޑާލަނީ ކަރަންޓް ބޭނުންކުރެވޭ މިންވަރު ދަށްކޮށް، ފިއުލް ސާޗާޖުގެ ގޮތުގައި އެމްޑީޕީގެ އޯގާތެރި ސަރުކާރުގެ ދީލަތި އެހީތެރިކަމުގެ ދަށުން ރައްޔިތުންނަށް ދޭން ފަށާފައިވާ ކަރަންޓުގެ ސަބްސިޑީގެ ގޮތުގައި ދެވޭ މިންވަރު ކުޑަކުރުމަށް ބާޣީ ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށް އެތައް ބަޔަކު ތުހުމަތުކުރެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި ރައްޔިތުންނަށް ފައިދާ ހުރި އަސާސީ ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭން ޖެހެ އެވެ. އަދި ކަރަންޓް ސަބްސިޑީ ރައްޔިތުންގެ އަތުން ނިގުޅައިނުގަތުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ