ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 11) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އިދިކޮޅަށް ނުކުންނަ އާޖެންޓީނާ ޓީމުގައި ބަލިފައިތަކެއް ހުރިކަން ފާހަަގަކުރެވިފައިވާ ކަމަށް ސްވިޒަލެންޑްގެ ކޯޗު، މުރާތު ޔަކިން ބުނެފި އެވެ.
ސްވިޒަލެންޑުން 72 އަހަރު ތެރޭ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހޯދީ، ގަދަ 16 ޓީމުގެ ބުރުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކުރުމަށް ފަހު އެވެ.
MGH Group of Companies
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔަކީން ބުނީ، އާޖެންޓީނާ އަކީ މި ވަގުތު ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭއިރު ވިސްނަން ޖެހޭ ކަންކަމާއި ސަމާލުކަން ދޭންވީ ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ތެދެއް، އަހަރެމެން މި ކުޅެން ޖެހެނީ އާޖެންޓީނާއާ. އެއީ ދުނިޔޭގެ ޗެމްޕިއަނުން. އެ މީހުންނާ ކުޅެން ޖެހުމަކީ ހަދިޔާއެކޭ ނުބުނެވޭނެ. އެކަމަކު، އަހަރެމެންނަށް ވެސް އެބަ ފެނޭ ކަންކަން. އެންމެ ފަހުން އާޖެންޓީނާ އިން ކުޅުނު ދެ މެޗަށް ބަލާއިރު، އާޖެންޓިނާގެ ވެސް އެބަހުރި ބަލިފައިތަކެއް،" ޔަކީން ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އާޖެންޓީނާ އިން ކުޅުނު ދެ މެޗު ވެސް ދިޔައީ ޗެލެންޖު ބޮޑުކޮށެވެ. އެ ގޮތުން، ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ އިން ކުޅުނީ މުޅިން އަަލަށް ވޯލްޑް ކަޕްގައި ކުޅުނު ކޭޕް ވާޑްއާ އެވެ. އެ ޓީމު އަތުން 120 މިނިޓް ކުޅެގެން އާޖެންޓީނާ މޮޅުވީ 3-2 އިންނެވެ. އެންމެ ފަހުން، ގަދަ 16 ޓީމުގެ ބުރުގައި، އާޖެންޓީނާ އިން ކުޅުނީ، ވޯލްޑް ކަޕް ނޮކައުޓްގައި މި ފަހަރު މުޅިން އަލަށް ފެނުނު މިސްރާ ދެކޮޅަށެވެ. އެ މެޗުގެ 80 މިނިޓާ ހަމައަށް މިސްރު ދެ ގޯލު ކުރީގައި އޮތްއިރު، އާޖެންޓީނާ މޮޅުވީ ފަހަތުން އަރައި 3-2 އިންނެވެ.
ޔަކީން ބުނީ، ސްވިޒަލެންޑަކީ މިހާރު އިދިކޮޅަށް ކޮންމެ ޓީމެއް ނުކުތަސް އެ ޓީމެއްގެ އިތުބާރު ހޯދާފައިވާ ޓީމެއް ކަމަށެވެ. އަދި، އެ ގޮތުން، އާޖެންޓީނާ އިން ވެސް ސްވިޒަލެންޑާ މެދު ސަމާލުވާނެ ކަންތައްތަކެއް ހުންނާނެ ކަމަށް ޔަކީން ވަނީ ބުނެފަ އެވެ.
"ޓެކްޓިކަލީ މިއީ ރަނގަޅު މެޗަކަށް ވާނެ. އަހަރެމެންގެ އެބަހުރި އާޖެންޓީނާއާ އަރާހަަމަކުރެވޭނެ ފެންވަރު މި މެޗަށް ބަލާއިރު. ސްވިޒަލެންޑް ކަހަލަ ގައުމަކަށް. ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ކުޅުމަކީ ބޮޑު ކަމެއް. އުންމީދުތައް ވެސް މަތީގައި ހުންނާކަން އެނގޭ،" ޔަކީން ބުންޏެވެ.
ސްވިޒަލެންޑާއި އާޖެންޓީނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން ސްވިޒަލެންޑް ބަލިވީ 1-0 އިންނެވެ.
ސްވިޒަލެންޑްގެ ކޯޗު ބުނީ އާޖެންޓީނާގެ ބަލިފައިތަކެއް ހުރި ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ