ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ގެއްލުމުގައި ހިންގަމުން އަންނަ ދައުލަތުގެ ކުންފުނި، އައިލެންޑް އޭވިއޭޝަނުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓުތަކެއް އިމާރާތްކުރުމުގެ މަޝްރޫއެއްގެ މަސައްކަތް ފަށައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އާއި މާފަރު އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ހުސްވި ހަފުތާގެ ތެރޭގައި މި ފްލެޓުތައް އަޅަން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 12،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ހޯދާފަ އެވެ. މި ބިމާ ގުޅޭ އެއްބަސްވުންތަކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކީ ސޮއިކުރީ މިދިޔަ ބުރާސްފަތި ބުރާސްފަތި ދުވަހު އެވެ.
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ، ވަރަށް އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް އެ ފްލެޓު މަޝްރޫއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހިއްސާނުކުރައްވާތީ، ފްލެޓު ޕްރޮޖެކްޓަށް ފައިސާ ހަރަދުކުރާ ގޮތެއް ނޫނީ ތަރައްގީކުރަނީ ކިތައް އެޕާޓްމަންޓު ކަމެއް ނޭނގެ އެވެ.
އެ ކުންފުނީގައި 1،500 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ އިރު، އޭގެ ތެރޭގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދު 1،300 އަށް ވުރެ ގިނަ އެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެ އަހަރު އެ ކުންފުންޏަށް 2.7 މިލިއަން ރުފިޔާ ގެއްލުންވި އެވެ.
އައިލެންޑް އޭވިއޭޝަނަށް ދިމާވެގެން އުޅޭ މައްސަލައަކީ އެ ކުންފުންޏަށް ލިބޭ އާމްދަނީގައި އުޅޭ މައްސަލައެއް ނޫނެވެ. އެ ގޮތުން 2024 ގައި އެ ކުންފުންޏަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ހިންގުމުގެ ހަރަދުތަކަށް ކަނޑާފައި 171.2 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނެވެ. އެކަމަކު ހިންގައިގެން ލިބުނު ހުރިހާ ފައިދާއެއް އެ ކުންފުނިން ހަރަދުކުރަން ޖެހުނީ ފައިނޭންސިން ހަރަދުތަކަށެވެ.
އައިލެންޑް އޭވިއޭޝަނުގެ ފައިނޭންސިން ހަރަދުތަކުގެ ބޮޑު ބައެއް ހަރަދު ވަނީ އެ ކުންފުނިން ކުއްޔަށް ނަގާފައިވާ އެއާކްރާފްޓުތަކަށެވެ.
އެ ކުންފުންޏަށް ދިމާވެފައި އޮތް އަނެއް މައްސަލައަކީ ކޮވިޑު އަހަރުން ފެށިގެން ތިން އަހަރެއްގައި އެ ކުންފުންޏަށް ލިބުނު އެތައް ބިލިއަން ރުފިޔާގެ ގެއްލުމެވެ. އައިލެންޑް އޭވިއޭޝަނުގެ ތާރީހުގެ ތެރޭގައި އެ ކުންފުންޏަށް އެކުޖުމުލަ 1.7 ބިލިއަން ރުފިޔާ ގެއްލުންވެފައިވާއިރު، އޭގެ 90 ޕަސެންޓަކީ 2020 އާއި 2021 އާއި 2022 ގައި ލިބުނު ގެއްލުމެވެ.
ދައުލަތުގެ ކުންފުނިތަކުން ފްލެޓު ތަރައްގީކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގައި، ހިޔާ މަޝްރޫއުގެ ބައެއްގެ ގޮތުގައި ހިމަނައިގެން ފެށި ކަމެކެވެ. އޭރު ބިން ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލް އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ އިތުރުން އެމްޕީއެލް އާއި އެސްޓީއޯއިން ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ޓަވަރުތަކެއް އަޅާފަ އެވެ. އަދި، އެޗްޑީސީން ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅެން އެޕާޓްމަންޓުތައް ތަރައްގީކޮށްފަ އެވެ.
ގެއްލުމުގައި ހިންގާ އައިލެންޑް އޭވިއޭޝަނުން މުވައްޒަފުންނަށް ފްލެޓުތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ