ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމުގެ ކުރިން ރާއްޖެއަށް އެތެރެކުރި ސިނގިރޭޓު ދެ ކޮންޓޭނަރެއްގެ ޑިކަލްރޭޝަން ކެންސަލްކުރީ އެކަން ނުކުރަން މޯލްޑިވްސް ކަސްޓަމްސްގެ ލީގަލް ޑިޕާޓުމެންޓުން ލަފާ ދީފައި އޮއްވާކަން އެނގިއްޖެ އެވެ.
އަދަދުއަށް އެނގިފައިވާ ގޮތުގައި ކަސްޓަމްސްއިން ކެންސަލްކޮށްފައި ވަނީ R31649/2026 އަދި R31651/2026 ނަންބަރު ޑިކްލަރޭޝަން އެވެ. އެ ދެ ޑިކްލަރޭޝަންއަކީ މިދިޔަ މަހު ރާއްޖެއަށް އައި ސިނގިރޭޓު ދެ ކޮންޓޭނަރުގެ ޑިކްލަރޭޝަން އެވެ. އެ ދެ ކޮންޓޭނަރަކީ ވެސް އެއް ބީއެލް (ބިލް އޮފް ލޭޑިން) އެއްގެ ދަށުން ގެނެސްފައިވާ ދެ ކޮންޓޭނަރުކަން މި ނޫހަށް އެނގިފައިވެ އެވެ.
MU STORE
MGH Group of Companies
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
އެ ދެ ކޮންޓޭނަރުގެ ޑިކްލަރޭޝަން ކެންސަލްކުރަން، އެ މުދާ އެތެރެކުރި ކުންފުނިން އެދުނީ ސިނގިރޭޓުގެ އަގަށް ބަދަލުގެންނަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރުމުންނެވެ.
އޭރުގެ ޑިއުޓީ ރޭޓުން ބަލާނަމަ، އޭގެ ތެރެއިން ކޮންމެ ކޮންޓޭނަރެއްގެ ޑިއުޓީ 38 މިލިއަން ރުފިޔާއަށް އަރާކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ. އެހެންކަމުން ދެ ކޮންޓޭނަރުގެ ޖުމުލަ އަގު 76 މިލިއަން ރުފިޔާއަށް އަރަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތެރެކުރި ދެ ކޮންޓޭނަރަކަށް ކުޑަ ޑިއުޓީ ނެގުމަށްޓަކައި، ކަސްޓަމްސްގެ އިސްވެރިންގެ ނުފޫޒުން އުސޫލާ ހިލާފަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ވަނީ ފެންމަތިވެފަ.
ނަމަވެސް، އެ ދެ ކޮންޓޭނަރުގެ ޑިކްލަރޭޝަން އަލުން ހުށަހަޅައިފި ނަމަ، ކޮންމެ ކޮންޓޭނަރަކަށް މިހާރު ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނީ 19 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ޖުމުލަ 38 މިލިއަން ރުފިޔާ ދައުލަތަށް ގެއްލޭނެ އެވެ.
އަދަދު އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނާ ގޮތުގައި ކަސްޓަމްސްގެ ލީގަލް ޑިޕާޓުމެންޓުން ވަނީ، ޑިއުޓީ ކުޑަކުރުމުގެ ކުރިން ރާއްޖެއަށް ގެނެސް ޑިކްލަރޭޝަން ހުށަހަޅާފައި އޮއްވާ، އެ ޑިކްލަރޭޝަން ކެންސަލް ކުރުމަށްފަހު މިހާރުގެ ޑިއުޓީގެ ދަށުން އެ މުދާ އެތެރެނުކުރެވޭނެ ކަމަށް ލަފާ ދީފަ އެވެ.
އެހެންނަމަވެސް، އެ ލަފަޔާއި ހިލާފަށް އެކަން ކޮށްފައި ވަނީ ކަސްޓަމްގެ ބައެއް ވެރިންގެ އެންގުމަށް ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ. އެކަމާ ގުޅޭ ބައެއް ލިޔުންތައް މި ނޫހަށް ލިބިފައިވެ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ ޖުލައި 1، ގަ އެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ ޖުލައި 2، ގަ އެވެ.
ކަސްޓަމްސްގެ ގަވާއިދު ބުނާ ގޮތުން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހެއް ގެނެސް އަމަލު ކުރަން ފެށުމުގެ ކުރިން ރާއްޖެއަށް އައިސްފައިވާ މުދަލަށް އައު ޑިއުޓީ ރޭޓުން ފޯމު ހަދައިދެވޭނީ، އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައި ނުވާނަމަ އެވެ.
ސިނގިރޭޓު ދެ ކޮންޓޭނަރުގެ ޑިކްލަރޭޝަން ކެންސަލްކުރީ އެކަން ނުކުރަން ގާނޫނީ ލަފާ ދީފައި އޮއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ