ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް މިއަދު ހެނދުނު 09:00 ގައި ވޯޓުލުން ވަނީ ފަށާފައެވެ. އަދި މި އިންތިޚާބަށް ވާންޖެހޭ ހުރިހާ އިދާރީ އިންތިޒާމްތަކެއް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. ވޯޓުލުން މިއަދު ހަވީރު 04:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށާއި، 04:00 ޖަހާއިރު ވޯޓުކިއު ބަންދުކުރާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތުދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން މާލެ ސަރަހައްދުގެ 5 ތަނެއްގައި ކުރިއަށްދާއިރު، ރަށްރަށުގައި ވޯޓުލުން ކުރިއަށްދަނީ އެ ރަށެއްގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައެވެ.
ޕީއެންސީގެ ހިންގާ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، މި އިންތިޚާބުގައި ދާއިރާ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދަނީ މަޖިލީހުގައި ޕީއެންސީގެ މެންބަރުން ނެތް ދާއިރާތަކުގައި އެކަނި ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ޕީއެންސީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ