ވިލިމާލޭގައި ހުރި ދަންމާނު ގޭގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މައުލޫމާތު ލިބުނީ، ރޭ ދަންވަރު 2:19 ގައި ކަމަށާއި އަދި އެއިރުން ފެށިގެން އެ ސަރަހައްދުގައި އެމްއެންޑީއެފް ވިލިމާލެ ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރި ވަމުން އައި ކަމަށެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ ގޭގައި ރޯވީ އެންމެ ތިރީ ފްލޯގައި ކަމަށެވެ. އަދި އަލިފާން ރޯވިއިރު އެގޭގައި މީހުންވެސް ތިބިކަމަށާއި، އެއްވެެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމީހާ ބުންޏެވެ. އަދި އެގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަަމަށް އޭނާ ބުންޏެވެ.
އަލިފާން ރޯވެ، ގެއްލުން ލިބުނު ގޭގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓާ ސެންޓަރުގެ ފަރާތުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އަދި ރެޑްކްރެސެންޓުން ވެސް އެގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެ މީހާ ބުންޏެވެ.
އެމްެއެންޑީއެފް އިން ވިދާޅުވީ، މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 3:44 ހާއިރު ކަމަށެވެ.
ދަންމާނު ގޭގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން - އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ