މެމްބަރު ސަމީރުގެ ގެއިން ވައްކަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރުގެ ގެ ފަޅައިލައިގެން ވަދެ ވައްކަންކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މ. ފީރޯޒްވިލާގެ މައި ދޮރު މިއަދުގެ މެންދުރުގެ ވަގުތެއްގައި ހަލާކުކޮށްލައިގެން އެ އެގެއަށް ބަޔަކު ވަދެ ބައެއް ކަހަލަ އިލެކްްޓްރޯނިކް ސަމާނުތައް ވަގަށް ނަގާގައިވާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެގެއިން ވަގަށް ނަގާގައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ތަކެތީގެ ތެރޭގައި އައިފޯނަކާއި އައިޕެޑާއި މޯބައިލް ފޯން ހިމެނޭ ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް ފައިސާ ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.
ސަމީރު ދިރިއުޅުއްވާ އެގެއަކީ ނުވަ ބުރިއަށް ހަދަމުން އަންނަ ގެއެކެވެ. އަދި މިވަގުތު އެގޭގައި ދިރިއުޅުއްވަމުން ދަނީ ވެސް ސަމީރު އެކަންޏެވެ. ސަމީރު ދިރިއުޅުއްވަމުން ގެންދަވަނީ އެގޭގެ މިހާރު ހަދާފައި ހުރި ބައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ