ގެމަނަފުށިން ކަރަންޓު ކެނޑިފައި އޮތުމަށްފަހު ކަރަންޓް ދީފި

ގއ ގެމަނަފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 3 އިންޖީނުގެ ތެރެއިން 2 އިންޖީނެއް ހަލާކުވެ، އެރަށުން ކަރަންޓު ކެނޑިފައި އޮތުމަށްފަހު ކަރަންޓްދީފި އެވެ.
އެމްވީޔޫތަށް މަޢުލޫމާތު ދެމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިއާން ވިދާޅުވީ 3 އިންޖީނުގެ ތެރެއިން 2 އިންޖީނު ހަލާކު ވުމުން ރަށުގެ އެކި ސަރަހައްދު ތަކަށް ކަރަންޓު ދެމުން ދަނީ 30 މިނިޓު ވަންދެން ކަމަށެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން އެރަށު ރައްޔިތުން ރޭވަނީ އިންޖީނުގޭ ކައިރިގައި މުޒާހަރާ ވެސް ކޮށްފަ ކަމަށާއި ރަށަށް ކަރަންޓް ލިބުން އަވަސްވީ މުޒާހަރާކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީ އިންޖީނުގޭގައި ބޭނުންކުރަމުންދާ 3 އިންޖީނުގެ ތެރެއިން 2 ހަލާކުވެ ކޮންމެ 30 މިނެޓަކުން ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުންދަނިކޮށް ރައްޔިތުން ނިކުމެ މުޅި ރަށުން ރޭ ވަނީ ކަރަންޓު ކަނޑާލާފައެވެ.
އަދި އެ ސަރަހައްދަށް ކަނޑައަޅާފައިވާ ފެނަކައިގެ އިންޗާރޖާއި އިތުރު ބޭފުޅަކު ވަޑައިގެން އިންޖީނުގެ ސްޕެއާރ ޕާރޓްސް ހިފައިގެން މިހާރު އެ އަތޮޅު ވިލިނގިއްޔަށް ގޮސްފައިވާ ކަމަށް ޝިއާން ވިދާޅުވި އެވެ.
ގއ. ގެމަނަފުށީގައި 1600 އަށް ވުރެއް ގިނަ މީހުން ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ