މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހުގެ ދަރިކަނބަލުން އަފްނާން ފަލާހަށް، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މަޤާމެއް ހަމަޖައްސައިފިއެވެ."ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާރައާއި އިނާޔަތްތަކާއި އެކު ކޮންމެ މަހަކު އަފްނާނަށް 6000 އިނގިރޭސި ޕައުންޑު (92،000 ރުފިޔާ) ލިބިވަޑައިގަންނަވާނެވެ. މަޤާމުގެ މަސްއޫލިއްޔަތުތަކާއި އަފްނާން އަދި ރަސްމީކޮށް ހަވާލުވިކަމެއް ސާފެއްނޫނެވެ. އިނގިރޭސި ވިލާތުގައި ހުންނަ އެމްބަސީގައި، ޚާރިޖީވަޒީރުގެ ދަރިކަލުން ޔަމީން ޝާހިދުވެސް މަސައްކަތްކުރައްވައެވެ. އަފްނަނަށް އެމްބަސީއިން ހަމަޖައްސާފައިވަނީ ކޮން މަޤާމެއް ކަމެއް ޔަޤީނެއް ނުވެއެވެ. ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގެ ތެރެއިން މުސާރައާއި އިނާޔަތްތައް އެންމެ ބޮޑު އެމްބަސީތަކުގެ ތެރޭގައި ލަންޑަނުގައި ހުންނަ އެމްބަސީ ހިމެނެއެވެ. ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކީ ޑރ.ފަރަހަނާޒް ފައިސަލްއެެވެ.
މިލިޔުން ކިޔާލުމުން
23 %
އުފާވި
8 %
ދެރަވި
69 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރަޝީދު
ކޮބާ މައްސަލަޔަކީ އެއީކިޔަވައިގެން ހުރި އެކަމައްގާބިލު ދިވެހިރައްޔިތެއް ވަޒީފާދޭކައް މަންމަ އާޢި ބައްޕަކާކުތޯ ބަލާކައްނުޖެހޭ
REPLY
އުދަބާނި
ލަންކާއިންވެސް ހުސް ތިބާގަނޑުގެ އާއިލާތަކަށް މަގާމުތަށް ދީނިންމާފި.
REPLY
މެމްބަރު ފަލާހުގެ ދަރިކަނބަލުންނަށް ލަންޑަނުގައި ހުންނަ ދިވެހި އެމްބަސީއިން މަޤާމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ