ޖޮބް ސެންޓަރުގައި ވަޒީފާދޭ 278 ފަރާތެއް ރަޖިސްޓްރީކޮށްފި

އިކޮނޮމިކް މިނިސްޓްރީ އިން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރުގައި މިހާތަނަށް ވަޒީފާ ދޭ 278 ފަރާތަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.
"އަވަސް" އޮންލައިން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާތަނަށް ވަޒީފާ ބޭނުންވެގެން ގިނަ ބަޔަކު އެ ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާ ގިނަ އަދަދެއްގެ ވަޒީފާ ދޭ ފަރާތްތައް ރަޖިސްޓްރީކުރި މިއީ ފުރަތަމަ ފަހަރެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ޖޮބް ސެންޓަރެއް ތައާރަފު ކުރީ މިދިޔަ 2019ވަނަ އަހަރުގެ ތެރޭގައެވެ.
މި ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް ފަހު ވަޒީފާތަކަށް ހުޅުވާލުމުން އެމީހެއްގެ ފެންވަރު ނުވަތަ ކޮލިފިކޭޝަން އަށް ބެލުމަށްފަހު އެމީހަކަށް ވަޒީފާ އެ ސެންޓަރުން ހަމަޖައްސައި ދޭނެއެވެ. އަދި އެމީހަކު ހުށަހަޅާ ކޮލިފިކޭޝަންތަކާއި ގުޅުން ހުރި ވަޒީފާތައް ވެސް އެ ސެންޓަރުން ލިބިގެން ދާނެއެވެ.
މި ސެންޓަރުގެ އެހީގައި ސިޔާސަތު ކަނޑައަޅާ މީހުންނަށް އެހީވެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މީގެކުރިން ވިދާޅުވެފައެވެ. ބިދޭސީ މުވައްޒަފުންގެ ކޯޓާ އާއި ވޯކް ޕާމިޓު ވެސް ދޫކުރަނީ ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރަޖިސްޓްރީ ކޮށްގެންނެވެ.
ކޮވިޑް19 އާއި ގުޅިގެން ވަޒީފާ އަށް އަސަރު ކުރި ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ވެސް ދެމުން ގެންދަނީ އެ ޕޯޓަލް މެދުވެރިކޮށް އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ