ފ. ނިލަންދޫގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އައި ދިވެއްސަކާއި ދެކޮޅަށް އެރަށުގެ ބައެއް މީހުން މިރޭ ނުކުމެ އޭނާ ރަށުން ބާލަން އިހުތިޖާޖު ކުރަމުން އެބަދެއެވެ.
މިކަމާއި ބެހޭ ގޮތުން ނިލަންދޫ މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އެމީހާއަކީ ރާއްޖެއިން ބޭރުގެ ގައުމެއްގެ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށާއި އޭނާ ރަށުން ބޭރުކުރަން ރައްޔިތުން ނުކުތީ އޭނާއަކީ މަސްތުވާތަކެތި އެރަށަށް އެތެރެކޮށް މަސްތުވާތަކީގެ ވިޔަފާރިކުރަމުން އަންނަ މީހެއް ކަމަށް ވުމުން ކަމަށެވެ. އަދި އޭނާގެ ސަބަބުން އެރަށުގެ ބައެއް ޒުވާނުންވެސް މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ ކަމަށް އޭނާ ބުނެއެވެ.
ނިލަންދޫ ރައްޔިތުން މިހާރުވަނީ އެ ފިރިހެން މީހާ ރަށުން ބޭލުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އެ ފިރިހެން މީހާއަކީ މާލެއަތޮޅު ހުރައާއި ގުރައިދޫގައިވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުން ރަށުން ބޭރުކޮށްފައި ވާ މީހެކެވެ.
ނިލަންދޫގެ އާބާދީގައި 2،300 އެއްހާ މީހުން އުޅޭ އިރު އެރަށަކީ މަސްތުވާތަކެތީގެ މައްސަލަ އެހާ ބޮޑު ރަށެއް ނޫނެވެ.
ނިލަންދޫ ރައްޔިތުން ނުކުމެ އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ދިވެއްސަކު ރަށުން ބާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ