އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމާއެކު، ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމަށް އައްޔަނުކުރަންޖެހޭ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއާއި އޭނާގެ ދަށުން މަސައްކަތް ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމަށާއި ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމުގެ މަަސައްކަތް ހަވާލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކަމަށެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނުގެ ބުނާގޮތުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ ފަރާތުން އެދޭގޮތަށް ސިވިލް ސާރވިސް ކޮމިޝަނުން ނެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާއެކު ބޮޑު ތަފާތަކުން އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާފައިވާތީ، ދައުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ނައްތާލާކަމުގެ މައުލޫމާތު ވަރަށް ގިނައިން ލިބެމުންދާކަމަށާއި އަދި އެފަދަ އަޑުތައް ވެސް ވަރަށް ގިނައިން އިވެމުންދާތީ މާރިޔާ ވަނީ ދައުލަތުގެ ލިޔެކިޔުންތައް ނައްތާ ނުލުމަށާއި އެފަދަ ކަންކަމަކީ ޖިނާއި ބޮޑެތި ކުށްތައް ކަމަށްވާތީ އެކަންކަމުން ދުރުވެ ތިއްބެވުމަށް އެފަދަ ކަންކަން ކުރާ ފަރާތްތަތަކަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
މީގެއިތުރުން މާރިޔާ ވަނީ އެކެއް ފެބްރިއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ފަނޑިޔާރުން ހައްޔަރު ކުރެވޭނެ ގޮތެއް ނެތިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ ފަނޑިޔާރުން ހައްޔަރުކޮށްފައިވާކަން ރައީސް ޔާމީން އަބްދުލްގައްޔޫމް އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަންނަވާފައިވާތީ ތަހުގީގު އިދާރާތަކުން އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައްވާފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސަރުކާރު ބަދަލު ކުރުމުގެ ކަންކަން ކުރުމުގައި އިސް ބޭފުޅަކަށް އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ