މޫސުން ލަފާކުރާ ގޮތް ބެލޭނެ އެޕެއް ލޯންޗްކޮށްފި
މޫސުމާ ބެހޭ ކަންތައްތައް ލަފާކޮށް ބެލޭނެ މޮބައިލް އެޕެއް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ލޯންޗްކޮށްފި އެވެ. މިއަދު މެންދުރު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެ އެޕް ލޯންޗްކޮށްދެއްވީ އެންވަޔަރަަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. މިއީ އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމު ރައްޔިތުންނާ ހަމަހަށް މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި މޫސުމާބެހޭ އޮފީހުން ތައްޔާރުކުރި އެޕެކެވެެ. މެޓް އޮފީހުން ބުނީ އެ އެޕް އެޕްސްޓޯރުން އެޕްރޫވްވިހާ އަވަހަކަށް ޑައުންލޯޑް ކުރެވޭނެ ކަަމަށެވެެ. އެޕްއިން ލިބޭ ބައެއް މައުލޫމާތުތައް ● އެ ވަގުތެއްގައި މޫސުން ދައްކުވައިދޭ ގިނަ މަޢުލޫމާތު ● އެ ދުވަހެއްގައި ކުރިޔަށް ހުރި ވަގުތު ތަކުގައި މޫސުން ލަފާ ކުރެވޭ ގޮތް ހާމަކޮށްދޭ މަޢުލޫމާތު ● ކުރިޔަށް އޮތް ފަސް ދުވަހުގައި މޫސޫމާއި ބެހޭ އޮފީހުން ލަފާ ކުރާ މޫސުން ● ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ މި އޮފީހުގެ އޮޓެމެޓިކް ވެދާރ ސްޓޭޝަން ތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ ● މޫސުމާއި ބެހޭ އޮފީހުން ދެމުންދާ މޫސުމީ އެލާރޓުތަކުގެ މަޢުލޫމާތު ● އެންމެ ފަހުގެ ރާޑަރ އަދި ސެޓިލައިޓު ފޮޓޯތަށް ● އެންމެ ފަހުގެ ބިން ހެލުމުގެ މަޢުލޫމާތުތަށް ● މޫސުމާއި ބެހޭ އޮފީހުން ބޭނުންކުރަމުންދާ ބަސްމަގުތަކާއި އޭގެ މާނަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ