އަދުގެ މޫސުން: އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރަފާނެ

އެންމެ ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރިނަމަވެސް އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދަކީ މޫސުން ރަނގަޅު ދުވަހެއް ކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނެފިއެވެ.
އެގޮތުން މިއަދުގެ މޫސުން، މިއަދުގެ 18:00 އާއި ހަމައަށް ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭއިރު، އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ފޫޓަކާއި ތިން ފޫޓާއި ދެމެދުގެ އުސް މިނެއްގައެވެ.
އަދުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަމަށް ލަފާކޮށްފައިވީނަމަވެސް ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމުގައި މެޓް އޮފީހުން ބުނެއެވެ. އަދި އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ