ކާށިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ ޖާބިރު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން 14 އޭޕްރިލް 2012 ވީ ހޮނިހިރު ދުވަހު ކާށިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު ބައި-އިލެކްޝަންގައި އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރައްވައިފި އެވެ.
ޝަރީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު  ހަވީރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ. ހުވައިލައިދެއްވީ ސްޕްރީމް ކޯޓުގެ ފަޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާއި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމްއާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ޖުމްހޫރީ ޕާރޓީގެ ކެނޑިޑޭޓް އަބްދުﷲ ޖާބިރު ކާމިޔާބުކުރެއްވީ އެމް.ޑީ.ޕީގެ ކެނޑިޑޭޓް އަހްމަދު ހަލީމް (ދޮންބިލެތް) އާއި ވާދަކުރައްވާ ނުހަނު ބޮޑު ތަފާތަކުންނެވެ. މިގޮތުން އެމް.ޑީ.ޕީގެ ކެނޑިޑޭޓް އަހްމަދު ހަލީމް (ދޮންބިލެތް) އަށް ޖުމްލަ 919 ވޯޓު (45.07 އިންސައްތަ) ލިބިވަޑައިގަތްއިރު ވެރިކަންކުރާ އިއްތިހާދުގެ ޖުމްހޫރީ ޕާރޓީގެ ކެނޑިޑޭޓް އަބްދުﷲ ޖާބިރަށް ވަނީ 1107 ވޯޓު (54.29 އިންސައްތަ) ހޯއްދަވާފައެވެ. ދެން މިދާއިރާއަށް ވާދަކުރެއްވި މުހައްމަދު ވަހީދު އިބްރާހިމަށް 6 ވޯޓު (0.29 އިންސައްތަ) ލިބިވަޑައިގަތްއިރު މުހައްމަދު އަފީފަށް ލިބިވަޑައިގަތީ ޖުމްލަ 7 ވޯޓު (0.34 އިންސައްތަ) އެވެ.
ހޮނިހިރު ދުވަހުގެ ބައި އިލެކްޝަންގައި ތިމަރަފުށީ ގޮނޑި ކާމިޔާބުކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ޝަރީފު ވަނީ މެމްބަރުކަމުގެ ހުވާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ