ޕީޕީއެމް މެމްބަރުންގެ އަދަދު މި އަހަރު 100،000 އަށް ގެންދާނަން: މައުމޫން

ޕީޕީއެމަށް މިއަހަރުގެ ތެރޭގައި 1000،000 މެމްބަރުން ހަމަކުރުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމުން މި އަހަރު ބާއްވާ އެ ޕާޓީގެ ފުރަތަމަ އާއްމު ޖަލްސާގައި މައުމޫން ވިދާޅުވީ މިދިޔަ އަހަރަކީ އެ ޕާޓީ އާއި ސަރުކާރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ ކާމިޔާބީތަކެއް ހާސިލްވި އަހަރެއް ކަމަށެވެ. ކާމިޔާބީތަކުގެ ތެރޭގައި ގިނަ އިންތިހާބުތަކެއް އެ ޕާޓީ އަށް ކާމިޔާބުވެފައިވާ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ. ޕީޕީއެމުން މިރޭ މާލޭގއި ކުރިއަށް ގެންދާ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި ޖަލްސާގައި މައުމޫން ވިދާޅުވީ އެއީ ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ހެދުމަށް މިއަަހަރަށް ވެސް އާ އުއްމީދުތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މެމްބަރުންގެ އަދަދު 100،000 އަށް ގެންދިއުމުގެ އިތުރުން އެއްބައިވަންތަ ޕާޓީއަކަށް ހެދުމަށް ހުރިހާ މެމްބަރުން ވެސް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ބައިވެރިވާ މީހުން.---ހަވީރު ފޮޓޯ: ނިޝާން އަލީ "މިއީ ޕީޕީއެމްގެ ސަރުކާރަކަށް ވާތީ އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގައި މި އޮތް ސިޔާސީ ހަލަބޮލިކަން ނައްތާލުން. މި ގައުމަކީ އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ގައުމަށް ހެދުމަކީ ޝައްކެއް ވެސް ނެތް ރައްޔިތުންގެ އުއްމީދެއް،" ކާނިވަލުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމްވެފައި އޮތުމަކީ ރައްޔިތުން އެދޭނެ ކަމެކެވެ. ރައްޔިތުންގެ އެ އުއްމީދު ހާސިލްކޮށްދީ، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ވެސް ރާއްޖެ ކުރިއަރުވަން ޕީޕީއެމްގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި އެކި ޕާޓީތަކުން ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމަަށް ސޮއިކޮށް، ފޯމު ވަނީ މައުމޫންއާ ހަވާލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ