ޖޭޕީގެ ކައުންސިލު މެމްބަރު ކަމުންނާއި ރަޖިސްޓްރަ ޖެނެރަލް ކަމުން އިންތި އިސްތިއުފާދީފި

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ކަމުންނާއި އެޕާޓީގެ ރަޖިސްޓްރާ ޖެނެރަލް ކަމުގެ މަގާމުން މުހައްމަދު އިމްތިޔާޒު އިންތި އިސްތިއުފާ ދެއްވައިފިއެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ފެލިވަރުގެ ޗެއާރމަން ކަމުގެ މަގާމުން ވަކިކޮށްފައިވާ އިންތި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ކަމުންނާއި ރަޖިސްޓަރާ ޖެނެރަލް ކަމުގެ މަގާމުން އިސްތިއުފާދިން އިރު އޭނާ ހުރީ އެޕާޓީން ސަސްބެންޑް ކޮށްފައެވެ.
އިސްތިއުފާ ދީފައިވާކަން އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް ޝާހު ވަނީ ޔަގީންކޮށް ދެއްވާފައެވެ.
ޝާހު ވިދާޅުވީ އިސްތިއުފާ ދެއްވުމަށްފަހު ސިޓިއެއް ފެކްސްކޮށްފައިވާ ކަމަށާއި އެސިޓީއާއި މެދު ގޮތެއް ނިންމަވާނީ ޕާޓީގެ ލީޑަރު ކަމަށެވެ.
އިންތިގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް މައްސަލަވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ