ހުސްވި ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ސިފައިން ގަދަކަމުން ހައްޔަރުކޮށް، ސިފައިންގެ ތަމްރީން މަރުކަޒު ކ. ގިރިފުށީގައި ބަހައްޓާފައި ހުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އިއްޔެ މިނިވަންކުރުމާ އެކު މިއަދު ކޯޓަށް ނުކުމެވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓުގެ ވަޒީފާ އަށް ނުކުމެވަޑައިގެން އާދައިގެ މަތިން ވަނީ މަސައްކަތް ފައްޓަވައިފަ އެވެ. ނަމަވެސް އޭނާ މިއަދު އެއްވެސް މައްސަލައެއް ނުބައްލަވާ ކަމަށް އެ ކޯޓުން ބުންޏެވެ.
ފުލުހުންނާއި ސިފައިން ނުކުމެ، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް އިއްޔެ ހިންގި ހަރަކާތުގެ ތެރޭގައި އަބްދުﷲ ގާޒީ ގިރިފުށިން ގެނައީ، ސަރުކާރާ ދެކޮޅަށް ތެދުވި ފުލުހުންނާއި ސިފައިންގެ ބަޔަކު އެ ރަށަށް ގޮސްގެންނެވެ.
ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އޭނާ މިނިވަންކުރުމަށް ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ހުކުމްކުރި ނަމަވެސް، ސިފައިން އެ ހުކުމަށް ބޯލަނބާފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ މިނިވަންކުރުމާ އެކު ކޯޓަށް ނުކުމެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ