އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ ކުޅުން ނިމިއްޖެ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފަސްވަނަ މައިލޯ އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ ކުޅުން ނިމިއްޖެ އެވެ.
މުބާރާތުގެ ކުޅުން އިއްޔެ ނިމުނުއިރު، އިއްޔެ ވަނީ ތިން ބައެއްގެ ފައިނަލް މެޗު ކުޅެފަ އެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން އަންހެން ކުދިންގެ މުބާރާތެވެ.
މި މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. އެސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުހިޔިއްދީން ސްކޫލް އަތުން މޮޅުވެގެންނެވެ. މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދީ ފައިނަލްގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އަތުން މޮޅުވެގެންނެވެ. އަދި އަންހެން ކުދިންގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުހިޔިއްދީން ސްކޫލެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ތާޖުއްދީން ސްކޫލް އަތުން މޮޅުވެގެންނެވެ.
މި މުބާރާތުގެ 16 އަހަރުން ދަށުގެ ކުޅުން މީގެ ކުރިން ވަނީ ނިމިފަ އެވެ. 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ