ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މެޑިކާ ހޮސްޕިޓަލުގައި މިއަދު އެޑްމިޓް ކުރުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫމުން އަބްދުލް ގައްޔޫމް ގާސިމްގެ ހާލު ބެއްލެވުމަށް ޒިޔާރަތް ކުރައްވައިފި އެވެ.
ގާސިމް އެޑްމިޓްކޮށްފައިވަނީ މިއަދު މެންދުރު 12:45 ހާއިރު ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކެވުމަށް ވަޑައިގަތުމުންނެވެ.
ގާސިމްގެ އަރިހަށް ވަޑައިގަތުމަށްފަހު އިރުކޮޅަކު އެތަނުގައި ރައީސް މައުމޫން ވަނީ މަޑުކުރައްވާފަ އެވެ. އަދި އެތަނުން ނިކުމެ ވަޑައިގެން ނޫސްވެރިންނަށް ވަރަށް ކުރުކޮށް ވާހަކަވެސް ދެއްކެވި އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އޮތް ހުކުމެއް ނޫން ކަަމަށެވެ.
ގާސިމް އިބްރާހީމް އެޑްމިިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލަކޮށްފައިވަނިކޮށެެވެ. ނަމަވެސް ޝަރީއަތް ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ގާސިމް އިބްރާހީމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަން އެމަނިކުފާނުގެ ގާނޫނީ ޓީމުން ކޯޓަށް އެންގުމުން ކޯޓުން ވަނީ ޝަރީއަތް ކެންސަލް ކޮށްފަ އެވެ.
ގާސިމްގެ ހާލު ބެއްލެވުމަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ