ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތިރީސް އަހަރު ވެރިކަމުގައި ހުންނެވި އިރު ކުރެއްވި އަނިޔާގެ އިހުސާސް މިހާރު ކުރައްވާކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް އާ ބައްދަލުކުރައްވަން ދޫނިދޫ ޖަލަށް ވަޑައިގަތުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އެކަމަނާ ވިދާޅުވެފައިވަނީ އެކަމަނާގެ ފިރިކަލުންނާ ބައްދަލުވީތީ އުފާކުރައްވާކަމަށާއި، އަދި ދޫކޮށްލާފައި އަންނަން ޖެހުމުން ހިތާމަކުރައްވާކަމުގައެވެ.
ޔުމްނާ އިތުރަށް ވިދާޅުވީ އެހެން ބޭފުޅުންގެ އަނބިން ކުރައްވާ، އަދި ކުރެއްވި ހިތާމަ މިހާރު އިހުސާސް ވާކަމަށެވެ.
ޔުމްނާ މިހާރު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީން ވަނީ މަޢުމޫނުގެ މައްޗަށް އަނިޔާވެރިވުމުގެ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން މަޢުމޫނުގެ ވެރިކަމުގެ 30 އަހަރު އަނިޔާ ނޫން އެއްޗެއް ރައްޔިތުން ދެކެފައި ނުވާކަމަށް އެމްޑީޕީން ބުނެއެވެ.
ނަދީމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭ ކައިރީގައި ހުންނަވަނިކޮށެވެ. އެހެންނަމަވެސް ނަދީމު ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
30 އަހަރު ރައީސް މައުމޫން ކުރެއްވި އަނިޔާގެ އިހުސާސް ވެއްޖެކަމަށް ޔުމްނާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ