ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ދާދި ފަހުން ވަކި ކުރެއްވި ވިލިގިނލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާ، ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަށް ބިރުދެއްކި މައްސަލައެއްގައެވެ. ސައުދުގެ އިތުރުން އެ މައްސަލާގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ވެސް އެ ދައުވާ ކުރެ އެވެ.
އެ ދެ މީހުންގެ މައްސަލަވެސް މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ވިދާޅުވެފައެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވެއެވެ.
ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މިދިޔަ މަހުގެ 24 ވަނަ ދުވަހު ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލާ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަން މައްސަލާގައި ސައުދު ވަނީ ހައްޔަރުކޮށްފައެވެ.
ކުރީގެ މަޖިލިސް މެމްބަރު ސަޢުދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ