ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ނިންމުމުގެ ޕެރޭޑް މާދަމާ ހަވީރު

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ކެމްޕޭން ނިންމުމުގެ ހަރަކާތް ޕެރޭޑެއްގެ ގޮތުގައި ބޭއްވުމަށް ނިންމައިފިއެވެ.
ދަމާ ހަވީރު އޮންނަ މި ޕެރޭޑް ފެށޭނީ ހަވީރު 4:00 ގައި ރަސްފަންނުންނެއެވެ.
ގުޅިފައިވާ ޕާޓީތަކުން ކެމްޕެއިން ނިންމުމުގެ ޕެރޭޑް ހޮނިހިރު ދުވަހު ބާއްވާއިރު، ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ އަތޮޅުތަކަށް ފެށި ކެމްޕޭން ދަތުރު ނިންމާލުމުގެ ޖަލްސާ ރޭވަނީ އައްޑޫސިޓީގައި ބާއްވާފައެވެ.
އަތޮޅުތަކުގެ ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާލެއްވުމަށް ފަހު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި، އެ މަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް މިއަދު މާލެ ވަނީ މާލެ ވަޑައިގެންފައެވެ. އެ ދެ ބޭފުޅުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.
އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ހަވީރު 6 ޖެހުމާ ހަމައަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ