ޑްރަގް ކޯޓު ހިންގެވުން ގާޒީ އަބްދުއްސައްތާރު އަބްދުލް ހަމީދުއާ ހަވާލު ކުރައްވައިފި އެވެ.
ޑްރަގް ކޯޓުން މިއަދު ބުނީ ގާޒީ އަބްދުއްސައްތާރުއާ އިއްޔެއިން ފެށިގެން ކޯޓް ހިންގުން ހަވާލުކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ނިންމާ އެންގުމުން ކަމުގަ އެވެ.
ކޯޓުތަކަށް ދާއިމީ އިސް ފަނޑިޔާރަކު ހަމަޖެހެންދެން ވަގުތީ ގޮތުން ކޯޓު ހިންގުން ހަވާލުކުރެވޭ ބޭފުޅުން ކޮންމެ ހަމަސް ދުވަހަކުން ދައުރުވާ ގޮތަށް ޖޭއެސްސީން މީގެ ކުރިން ނިންމަވާފައިވެ އެވެ. އެގޮތުން ގާޒީ އަބްދުއްސައްތާރާ ޑްރަގް ކޯޓު ހިންގެވުން ހަވާލުކުރައްވާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޑްރަގް ކޯޓު ހިންގެވުމާއި އެންމެ ފަހުން ހަވާލުވެވަޑައިގެން ހުންނެވީ ގާޒީ މުހައްމަދު އީސާ ފުޅެވެ.
ޑްރަގް ކޯޓް ހިންގެވުން ގާޒީ ސައްތާރުއާ ހަވާލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ