މިލާން (ނޮވެމްބަރު 17) - އިޓަލީގެ މައްޗަށް 4-1 އިން ކުރިހޯދައި ނޯވޭ އިން 28 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.
ނޯވޭ އިން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން، ވޯލްޑް ކަޕަށް ކޮލިފައިވާން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު، އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ މި ހޯދީ ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާ އިޓަލީގެ މައްޗަށް ކުރިހޯދައި، ކޮލިފައިން ގްރޫޕް އައިގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.
ރޭގެ މެޗުގައި އިޓަލީން 11 ވަނަ މިނިޓްގައި ޕިއޯ އެސްޕޮސީޓޯގެ ގޯލުން ލީޑުނެގިއިރު، ނޯވޭ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިގެންނެވެ. އެ ގޮތުން، 63 ވަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދިނީ އެންޓޯނިއޯ ނޫސާ އެވެ. އޭގެ ފަހުން، އާލިން ބްރައުޓް ހާލަންޑް ވަނީ ނޯވޭ އަށް ދެ ގޯލު ޖަހައިދީފަ އެވެ. މިއާ އެކު، ކޮލިފައިންގައި ހާލަންޑް ޖެހި ގޯލުގެ ޖުމްލަ އަކީ 16 އެވެ. ނޯވޭގެ އަނެއް ލަނޑު ޖެހީ، ޖޯގެން ސްޓްރޭންޑް ލާސަން އެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
އިޓަލީ ބަލިކޮށް ނޯވޭ 28 އަހަރަށް ފަހު ވޯލްޑް ކަޕަށް އިޓަލީ ބަލިކޮށް ނޯވޭ 28 އަހަރަށް ފަހު ވޯލްޑް ކަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ