ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ހިދުމަތް މިހާރު 23 އެއާލައިނަކުން ހޯދާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑުން ބުނީ، ވީއައިއޭ ޓާމިނަލް ވަން ނުވަތަ އެންމެފަހުން ހުޅުވި ޓާމިނަލަށް 23 އެއާލައިނަކުން ހިދުމަތް ހޯދަމުންދާކަމަށެވެ. އެންމެފަހުން އައު ޓާމިނަލް ބޭނުންކުރަން ފަށާފައިވަނީ، އޮސްޓްރިއަން އެއާލައިނުންނެވެ.
އޮސްޓްރިއަން އެއާލައިންސްއަށް ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ހާއްސަަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ޝަރަފުވެރިކޮށްދެއްވީ
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ
ޑިރެކްޓަރު ފާތިމަތު ރާމިޒާއެވެ.
އޮސްޓްރިއަން އެއާއިން އައު ޓާމިނަލުގެ ބޭނުންކުރަން ފެށުން... ފޮޓޯ: އެމްއޭސީއެލް
ރަސްމިއްޔާތުގައި
އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އޮސްޓްރިއަން
އެއާލައިންސްގެ އޮފިޝަލުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ
ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި,
އެ ފްލައިޓުން ދަތުރުކުރި 321 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
އޮސްޓްރިއަން އެއާއިން އައު ޓާމިނަލުގެ ބޭނުންކުރަން ފެށުން... ފޮޓޯ: އެމްއޭސީއެލް
އަދި ޓާމިނަލް
1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, OS021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް
ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. އޮސްޓްރިއަން
އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 1995 ގައެވެ.
ވީއައިއޭ އައު ޓާމިނަލްގެ ހިދުމަތް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ، މިއަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަންދުވަހާ ދިމާކޮށް ޖުލައި 26 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ކުރިމަތިލިއިރު، އައުޓާމިނަލްގެ ހިދުމަތް ފެށިފައިވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަދި ފަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ދެވިގެންދާނޭކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.
މިހާރު 23 އެއާލައިނަކުން އައު ޓާމިނަލް ބޭނުންކުރޭ: އެމްއޭސީއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ