ޕޯޓޯ، ޕޯޗުގަލް (ނޮވެމްބަރު 17) - ކޮލިފައިން ގްރޫޕްގެ ފަހު މެޗުގައި 9-1 އިން އަރްމީނިއާ ބަލިކޮށް ޕޯޗުގަލް އިން އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ.
ޕޯޗުގަލްގެ އިތުރުން ޔޫރަޕުން އަންނަ އަހަރުގެ ވޯލްޑް ކަޕަަށް ކޮލިފައިވެފައިވަނީ، އިންގްލެންޑް، ފްރާންސް، ކްރޮއޭޝިއާ އަދި ނޯވޭ އެވެ.
މީގެ ތިން ދުވަސް ކުރިން އަޔަލެންޑް އަތުން މޮޅުވެގެން، ޕޯޗުގަލް އަށް ވޯލްޑް ކަޕްގެ ޖާގައެއް ހޯދެން އޮތް ނަމަވެސް އެ މެޗުން ވަނީ 2-0 އިން ބަލިވެފަަ އެވެ. އަދި، އެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތެއް ދެއްކިއިރު، ރޭ އާރްމީނިއާ މެޗުގައި ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގަ އެވެ.
ޕޯޗުގަލް އިން ގްރޫޕް އެފްގެ އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުން 13 ޕޮއިިންޓް ހޯދައިގެންނެވެ. މި ގްރޫޕުން ޕްލޭއޮފުގެ ޖާގަ ހޯދީ ރޭ ފޯރިގަދަ މެޗަކުން 3-2 އިން ހަންގޭރީ ބަލިކުރި އަޔަލެންޑް އެވެ. ހަންގޭރީން އަމިއްލަ ދަނޑުގައި ލީޑުގައި އޮއްވައި، އަޔަލެންޑުން ފަހަތުން އަރައި މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ.
އަރްމީނިއާ ކޮޅަށް ޕޯޗުގަލްގެ ލަނޑުތައް ޖެހީ، ބްރޫނޯ ފެނާންޑޭސް އާއި ޖޮއާއޯ ނެވޭސް، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއްގެ އިތުރުން، ރެނާޓޯ ވެއިގާ، ގޮޮންޒާލޯ ރާމޯސް އަދި ފްރާންސިސްކޯ ކޮންސެސާއޯ އެވެ. އަރްމީނިއާގެ ހަމައެކަނި ލަނޑު ޖެހީ އެޑުއާޑް ސްޕޭޓްސިޔަން އެވެ. މި މެޗުގައި ނެވޭސް އާއި ބްރޫނޯ ހެދި ހެޓްރިކްތަކަކީ ގައުމީ ޓީމަށް އެ ކުޅުންތެރިންގެ ފުރަތަމަ ހެޓްރިކެވެ.
ބޮޑު ތަފާތަކުން އަރްމީނިއާ ބަލިކޮށް ޕޯޗުގަލް ވޯލްޑް ކަޕަށް ބޮޑު ތަފާތަކުން އަރްމީނިއާ ބަލިކޮށް ޕޯޗުގަލް ވޯލްޑް ކަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ