ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެ އައްޑޫގައި ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ފަރުވާދެނީ ފިލްމު ‘ކަނބުލޮ’: މިހާތަނަށް ދިވެހި

މަސްތުވާތަކެއްޗާއެކު މިދިޔަ ޖުލައި މަހު ހައްޔަރުކުރި އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ)އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމަށް ފަހު އެ ގޮތަށް ނިންމުމުންނެވެ.
ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޝިޔާޒާ ހައްޔަރުކޮށްފައިވާއިރު، މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)އެވެ.
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ