ފްލައިދުބާއީގެ ބޯޓެއްގެ ފިޔަގަނޑުގައި ތެޔޮ ބައުޒަރަކުން ޖެހި އެކްސިޑެންޓެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޕާކުކޮށްފައި އޮތް ފްލައިދުބާއީގެ ބޯޓެއްގެ ފިޔަގަނޑުގައި ތެޔޮ ބައުޒަރަކުން ޖެހި 'އެކްސިޑެންޓެއް' ހިނގައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ބަހެއް ނުލިބެ އެވެ. 
އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލައިދުބާއީގެ ބޮއިން 737 މަރުކާގެ ބޯޓުގެ ފިޔަގަނޑުގައި ތެޔި ބައުޒަރުން ޖެހުނީ ތެޔޮ އަޅަން ޕާކުކޮށްފައި އޮއްވަ އެވެ.
ތަފްސީލް - އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޯޓުގެ ފިޔަގަނޑަށް ގެއްލުންވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ