އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ޒުވާނުންނަށް ހޯދައިދޭނަން: ރައީސް މުޢިއްޒު

އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެންނަށް ހަމަހަމަ ފުރުސަތު ތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 
2026 ވަނަ އަހަރާއި ބައްދަލު ކުރާއިރު ރާއްޖޭގެ އާބާދީގެ 1/5 މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަން ތަފާސްހިސާބުތަކުން ދައްކާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކަންމިހެން ހުރުމުން،  އާބާދީއާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވާލަންޖެހޭ ކަމަށާއި ދޮށީ ޢުމުރުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކަށް ޒުވާނުން ތައްޔާރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތަޢުލީމާއި ޞިއްހީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، ކައުންސެލިންނާއި ދަރިމައިވުމުގެ ޞިއްހީ ނިޒާމު ހަރުދަނާކޮށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ