މި މަހުގެ މުސާރަ ދޭނީ އަންނަ ބުރާސްފަތި، އާދިއްތަ ދުވަހު: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޭން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ. 
މި ފަހަރުގެ ބޮޑު އީދުގެ ބޮޑު ބަންދާ އެކު، މުސާރަ ނުލިބި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުން ކުރަމުންދާ މި ދަނޑިވަޅުގައި އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މީޑިއާ އަށް ވިދާޅުވީ، މި މަހުގެ 28 އާއި 31 ވަނަ ދުވަހު މި މަހުގެ މުސާރަ ދޭން ކަނޑައެޅީ ބޮޑު އީދުގެ ބަންދާއި މި ދުވަސްވަރު ބޭންކުތައް ހުޅުފާއި ހުންނާނެ ވަގުތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. 
އަޟްހާ އީދު ބަންދާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ބޮޑު ބަންދަކަށް ފަހު އަލުން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި އެމްއެމްއޭގެ އުސޫލުތަކަށް ފައްތަައިގެން މި ބަންދުތެރޭގައި ބޭންކުތައް ހުޅުވަން ކަނޑައަޅާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެކަންޏެވެ. 
އެހެންވެ، ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބުރާސްފައްޗާއި އާދިއްތަ ދުވަހު މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
"ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މޭގައި،" އޮފިޝަލް ވިދާޅުވި އެވެ. 
"އެ ޔަގީންކަން އަޅުގަނޑުމެން ދެން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ