ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޮޑު އީދަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. މި ބަންދުގެ ތެރޭގައި ބޭންކުތައް ހުޅުވަނީ އަންނަ ބުރާސްފަތި ދުވަހު އެކަންޏެވެ.
މަސް ނިމޭއިރު މިހާ ބޮޑު ބަންދެއް އައިއިރު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ޖަމާކޮށްނުދޭތީ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ ސަަރުކާރު ހުޅުވާފައި ހުންނަ މަހުގެ އެންމެ ފަހު ތިން ދުވަހުގެ ތެރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ:
މުސާރަ ޖަމާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރިއަށް އެބަދޭ
ބޭންކުތައް ހުޅުވާ އަންނަ ބުރާސްފަތި ދުވަހާއި ސަރުކާރު ހުޅުވޭ އަންނަ އާދިއްތަ ދުވަހު މުސާރަތައް ދޭނެ
އޮފިޝަލް ވިދާޅުވީ މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ ބޮޑު އީދު ބަންދާއި އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ބެލުމަށް ފަހު ކަމަށެވެ.
ދައުލަތުގެ މުސާރަ ދޭނީ މި މަހު 28 އަދި 31ގައި: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ