އޭއައިގެ ސަބަބުން ވަޒީފާގެ ބާޒާރަށް ބޮޑުލޮޅުމެއް ނާރާނެ: އޯލްޓްމަން

އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ގެ ސަބަބުން ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ބޮޑު ލޮޅުމެއް އައިސް، ގިނަ އަދަދެއްގެ ވަޒީފާތައް ގެއްލިގެން ހިނގައިދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެފަދަ ދުވަސްވަރެއް އައުމުގެ ފުރުސަތު ކުޑަ ކަމަށް އޯޕަންއޭއައިގެ ސީއީއޯ ސޭމް އަލްޓްމަން ވިދާޅުވެއްޖެއެވެ. ސިޑްނީގައި ބޭއްވުނު ކޮމަންވެލްތު ބޭންކް އޮފް އޮސްޓްރޭލިއާގެ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އޯލްޓްމަން ވިދާޅުވީ، އޭއައިގެ ސަބަބުން އޮފީސްތަކުގެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާތައް ގެއްލޭނެ ކަމަށް އޭނާ ކުރިން ލަފާކުރެއްވި ނަމަވެސް، އެ ނިންމެވުން ގޯސްވެފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. 2022 ވަނަ އަހަރު ޗެޓްޖީޕީޓީ ތައާރަފުކުރި އިރު، ޓެކްނޮލޮޖީއަށް އަންނާނެ ބަދަލުތަކުގެ އަންދާޒާ ރަނގަޅުވި ނަމަވެސް، އޭގެ ސަބަބުން މުޖުތަމައަށާއި އިގްތިސާދަށް ކުރާނެ އަސަރުތަކާ މެދު ކުރެވުނު އަންދާޒާތައް ދިމާނުވާ ކަމަށް އޯލްޓްމަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭއައިއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ވަޒީފާތަކުގައި އިންސާނުންގެ މެދުގައި އޮންނަ ގުޅުމާއި މުއާމަލާތްތަކަކީ އޭއައިއަށް ބަދަލުނުކުރެވޭނެ މުހިންމު ބައެކެވެ. https://sun.mv/222512 މިސާލެއްގެ ގޮތުން، އޭނާގެ އަމިއްލަ މެސެޖުތަކަށް ޖަވާބުދޭން އޭއައި ބޭނުންކުރުމަށްފަހު، އިންސާނީ ގުޅުންތަކުގެ މުހިންމުކަން ބޮޑުވުމުން އަލުން އަމިއްލައަށް ޖަވާބުދޭން ފެއްޓެވިކަން ހާމަކުރެއްވިއެވެ. އޯލްޓްމަން މިހެން ވިދާޅުވި ނަމަވެސް، އެމެޒޯން އަދި އެޗްއެސްބީސީ ފަދަ ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ދަނީ އޭއައި ބޭނުންކޮށްގެން ބައެއް ވަޒީފާތައް މަދުކުރަމުންނެވެ. އޯލްޓްމަން ގަބޫލުކުރައްވާ ގޮތުގައި މުޅި ވަޒީފާގެ ބާޒާރު އެއްކޮށް ބަދަލުވެގެންދާނީ ކުރިން ބިރުގަތް ގޮތާ މުޅިން ތަފާތު، އިންސާނުންގެ ދައުރު ހިމެނޭ ގޮތަކަށެވެ. މީގެ އިތުރުން، އޯޕަންއޭއައި ކުންފުނިން ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާގެ ހިއްސާގެ ބާޒާރަށް ނުކުތުމަށް (އައިޕީއޯ) ސިއްރުން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ފެންމަތިވެފައެވެ. އޯޕަންއޭއައި ކުންފުނިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ތައާރަފުކުރުމާ އެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބޮޑު ސަމާލުކަމެއް ލިބި، ދުނިޔޭގެ ވަޒީފާގެ ބާޒާރަށް އޭގެ ސަބަބުން ކުރާނެ އަސަރުތަކާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. ޚާއްސަކޮށް އޮފީސްތަކުގެ އިދާރީ އަދި ފެށޭ މަރުހަލާގެ (އެންޓްރީ ލެވެލް) ވަޒީފާތައް އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން މުވައްޒަފުންގެ މެދުގައި އުފެދުނެވެ. މި ބަހުސްތަކުގެ ކުރީ ސަފުގައި އޯޕަންއޭއައިގެ ސީއީއޯ ސޭމް އަލްޓްމަން ވެސް ހިމެނިވަޑައިގެންނެވި އިރު، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި ވަޒީފާތަކަށް އަތުވެދާނެ ލޮޅުންތަކާ މެދު މީގެ ކުރިން އޭނާ ވެސް ވަނީ އެކި ފޯރަމްތަކުގައި ކަންބޮޑުވުން ފާޅުކުރައްވައި، އިންޒާރުތައް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ