ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އަލްއުސްތާޛު އަޙްމަދު ނަޝާޠު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އަލްއުސްތާޛު އަޙްމަދު ނަޝާޠު މިއަދު ވަނީ ޢައްޔަނުކުރައްވާފައެވެ.
އަލްއުސްތާޛު އަޙްމަދު ނަޝާޠު، މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާޞިލުކުރައްވާފައިވަނީ އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީންނެވެ.
އަލްއުސްތާޛު އަޙްމަދު ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގައެވެ.
ޕީސީބީގެ ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރުކަމަށް އަލްއުސްތާޛު އަޙްމަދު ނަޝާޠު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ