ހއ. އަލިދޫ ރިސޯޓާއި ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުލި ނުދެއްކި މައްސަލާގައި ޔޮޓް ޓުއާސް ކުންފުނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިީޓީ (މީރާ) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ އެކައުންޓްތައް 2017 ވަނަ އަހަރު މީރާގެ އެންގުމަކަށް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ އަލިދޫ ރިސޯޓާއި ބީނާފުށީގެ އިތުރުން ކަނޑާލި ފިނޮޅުގެ ކުލި ނުދެއްކުމުންނެވެ. ޔޮޓް ޓުއާސް އިން ދައުވާކުރީ އެކައުންޓްތައް ފްރީޒް ކުރަން އެންގި އެންގުން ގާނޫނާ ޚިލާފް ކަމަށް ބުނެ އެވެ.
މީރާއިން އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރިން ހުކުމް ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުލި ނުދައްކައިފިނަމަ އަމަލު ކުރަންޖެހޭ ގޮތް އެއްބަސްވުމުގައި ބަޔާން ކޮށްފައި އޮއްވާ އޭގެ ބޭރުން އިތުރު ފިޔަވަޅުތަކެއް މީރާއަށް އެޅުމުގެ ބާރެއް ނެތް ކަމަށެވެ. އެހެންވެ, ބޭންކް އެކައުންޓްތައް ފްރީޒްކުރަން މީރާއިން އެންގީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.
އަލިދޫ ރިސޯޓާއި ބީނާފުށީގެ އިތުރުން ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ