އިސްރާޢީލުގެ ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ: ސަރުކާރު
އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދަށް އަސަރެއް ކުރާކަން މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށްޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މޮނިޓަރކުރަމުންދާކަމަށެވެ. އަދި ފަތުރުވެރިންގެ އަދަދުތައް ދަށަށް ދޭތޯ ވަރަށް ގާތުން ބައްލަވަމުންދާކަމަށެވެ."އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މޮނިޓަރ ކުރަމުން މިދަނީ ކޮބާތޯ ރާއްޖެ އަންނަ ޓުވަރިސްޓުންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް އޮވޭތޯ. އެހެންމަ އެގޮތަށް ބަލަމުންދާއިރު މި ދެންނެވި މޭޖަރ އިމްޕެކްޓެއް ޓުވަރިޒަމްއަށް ނުވަތަ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަދުވެ އެކަހަލަ ކަމެއް ނެތް." މިނިސްޓަރު ވިދާޅުވި އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލުގެ މަގްސަދު ކަމަށް ބުނެފައިވަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލްގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމެވެ."މިވަގުތު އަޅުގަނޑުމެންނަށް އަދިއެއް އެއްވެސް ކަހަލަ ގޮތަކަށް އޭގެ މާސް ކެމްޕެއިނެއް ރާއްޖެ ނާންނަން ވަކި ބަޔަކު ކުރާކަމެއް އިނގިފައެއް ނުވޭ. އެހެންނަމަވެސް ބައެއް މީޑިއާއަކުގަ އެބަހުރި ލިޔެފަ ރާއްޖެއަށް ގެއްލުން ވާނެޔޭ ނުވަތަ ވެދާނެޔޭ. އެހެންނަމަވެސް އެއާ އެއްކޮށް މި ދެންނެވި ޕޮޒިޓިވް ނިއުސްތައްވެސް އެބަހުރި ބައިވަރު." މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އަހަރު އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމުގެ ވާހަކަ ދެކެވެން ފެށީއްސުރެ، ރާއްޖެއަށް އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް އިޒްރޭލުން އައީ 1،400 ޓޫރިސްޓުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ ގައުމުން 10،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ