މުލީ އެއާޕޯޓު ނިންމައި ޓެސްޓު ފްލައިޓު ޖައްސައިފި

މ. މުލީގައި ސަރުކާރުން އަޅާ އެއާޕޯޓުގެ މަސައްކަތް ނިންމައި މިއަދު ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
މީގެ ތިން އަހަރު ކުރިން، 2022ގައި ފެށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއިންނެވެ.
ތަފްސީލް - ކޮންސްޓްރަކްޝަންސް މިނިސްޓްރީން މިއަދު ބުނިގޮތުގައި:
އެއާޕޯޓުގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިމިފައި
މިއަދު ހަވީރު މޯލްޑިވިއަންގެ ޓެސްޓު ފްލައިޓް ކާމިޔާބުކަމާ އެކު ވަނީ ޖައްސާފައި
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި:
މުލީ އެއާޕޯޓް ތަރައްގީކުރަނީ އެތެރޭގެ އުދުހުންތަކަށް ހާއްސަ އެއާޕޯޓެއްގެ ގޮތުގައި
އެތަނުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ދިގުު ރަންވޭއެއް ވަނީ ހަދާފައި
އެ މަޝްރޫއުއަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ހަރަދުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ