ކޮލަމްބޯ (ޖޫން 22) - ސްރީ ލަންކާގެ ފުޓްބޯޅައާ ގުޅޭގޮތުން ހުރި ޝައްކުތަކުގެ ތެރެއިން ވެސް ރަނގަޅު މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށް ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން، ސްރީ ލަންކާގެ ފުޓްބޯޅަ ޓީމާ ހަވާލުވެހުރި، އިނގިރޭސި ކޯޗު އެންޑީ މޮރިސަން އަށް ދިމާވި އަނިޔާގެ މައްސަލައަކާ ހުރެ، އޭނާ ސާޖަރީއެއް ހަދަން ޖެހުމުން އޭނާ ވަނީ ބްރޭކެއް ނަގައިފަ އެވެ. އެ މުއްދަތާ ދިމާވީ، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި ލަންކާ އާއި ކެމްބޯޑިއާ މެޗު ތާވަލުކުރި ދުވަސްވަރަށެވެ.
އެ ގޮތުން، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ދެ މެޗުގައި ރަނގަޅަށް ކުޅެ، މުތައިރީގެ ކޯޗު ކަމުގައި، ކެމްބޯޑިއާ އަތުން ލަންކާ މޮޅުވެ، ކުޅުން ރަނގަޅުކުރުމުން، ލަންކާ އިން ނިންމީ މުތައިރީ އަށް ދާއިމީ ކޮންޓްރެކްޓެއް ދޭށެވެ.
މުތައިރީއާ އެކު މަސައްކަތް ކުރާ ސްރީ ލަންކާގެ ކޯޗިން ޓީމު.
ސޯޝަލް މީޑިއާގައި އިއްޔެ މުތައިރީ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ލަންކާގެ ކޯޗަކަށް އޭނާ ހުރެ މިވީ 283 ދުވަސް ތެރޭ ވަރަށް ގިނަ ޗެލެންޖްތައް ކުރިމަތިވެގެން ދިޔަ ނަމަވެސް ވަރަށް މުހިންމު ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
"ކޮންމެ މެޗެއްގައި ވެސް އެހާ ޗެެލެންޖުތައް ވެސް ކުރިމަތިވި، އެކުވެރިކަމުގެ މެޗުތަކުގައި ވެސް. ކޮންމެ މެޗެއް ވެސް ހީވީ ވޯލްޑް ކަޕް ފައިނަލް ހެން. އެއީ އަހަރެމެންގެ ކުރިމަތީގައި އޮތް ޓެސްޓްގެ ވަށައިގެން އޮތީ އެކި ކަހަލަ ޝައްކާއި ވަހުމުތަކެއް،" ނޭޕާލާ އެކު، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނުކުތް މުތައިރީ ބުންޏެވެ.
ޝައްކުތަކެއް ހުރި ކަމުގެ ވާހަކަ މުތައިރީ ފާހަގަކޮށްފައިވަނީ، ލަންކާ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމުގައި، މުތައިރީ ގެންގުޅޭ އެއް އުސޫލާ މެދު ގިނަ ބަޔެއްގެ ހިޔާލު ތަފާތުވުމެވެ. އެ އުސޫލަކީ، އެކި ގައުމުތަކުގައި ތިބި ލަންކާ އަށް ކުޅެވޭ ކުޅުންތެރިން ގައުމީ ޓީމަށް ގެނެސްގެން ކުޅުވުމެވެ. އެ ގޮތުން، މިހާރު ވެސް ލަންކާ ޓީމުގައި އެ ގޮތަށް ތިބި ނެޗުރަލައިޒް ކުޅުންތެރިން ގިނަ އެވެ.
މުތައިރީ ބުނީ، ލަންކާ ފުޓްބޯޅައިގައި އޭނާ އާއި ކޯޗިން ޓީމުން ކުރި މަސައްކަތުން، އެ ގައުމު ފީފާ ރޭންކިންގައި، 207 އިން 196 ވަނަ އަށް ޖެހިލެވިއްޖެ ކަމަށާއި އޭޝިއާ ފުޓްބޯޅައިގައި ވެސް ޕާކިސްތާނާއި ގުއާމަށް ވުރެ މައްޗަށް ޖެހިލެވިއްޖެ ކަމަށެވެ.
ކިރްގިސްތާންގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދިން މުތައިރީ، ނޭޕާލް ކޯޗުކަން، 2022 ވަނަ އަހަރު ދޫކޮށްލުމަށް ފަހު، ދެން، މުތައިރީ ފެނުނީ އަފްގާނިސްތާންގެ ކޯޗުގެ މަގާމުންނެވެ. މިދިޔަ އަހަރު، އެކުވެރިކަމުގެ މެޗެއްގައި އަފްގާނިސްތާނުން ބަންގްލަދޭޝާ ކުޅެމުން، މުތައިރީ އާއި ބަންގްލަދޭޝްގެ ކޯޗިން ސްޓާފުންނާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އޭގެ ސަބަބުން، ފަހުން އަފްގާނިސްތާނުން ވަނީ މުތައިރީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ.
މުތައިރީ ވަނީ 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދީފަ އެވެ. މިއީ ނޭޕާލުން ސާފް ސީނިއާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅުުނު ހަމައެކަނި ފަހަރެވެ.
ޝައްކުތަކެއް ހުރި ނަމަވެސް މުތައިރީ ލަންކާ ފުޓްބޯޅައާ އެކު ކުރިއަށް ޝައްކުތަކެއް ހުރި ނަމަވެސް މުތައިރީ ލަންކާ ފުޓްބޯޅައާ އެކު ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ